މި 3 ކަންތައް ޤަބޫލުކޮށްފިނަމަ ކެތްނުކުރެވޭވަރަށް ކަންބޮޑުވެގެން އުޅެން ނުޖެހޭނެކަން ޙަދީޘްފުޅުން ޔަޤީން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
މި 3 ކަންތައް ޤަބޫލުކޮށްފިނަމަ ކެތްނުކުރެވޭވަރަށް ކަންބޮޑުވެގެން އުޅެން ނުޖެހޭނެކަން ޙަދީޘްފުޅުން ޔަޤީން!

ކޮންމެ ދުވަހަކުހެން އަޑުއިވެނީ ކޮންމެވެސް މީހަކު ކޮންމެވެސް ކަމަކާއިހުރެ ހިތްދަތިވެ އެކަމަށް ކަންބޮޑުވުމުގެ ތެރެއިން އޭނާގެ އަތުންފައިން މިވެނި އެވެނި ގޯސްތަކެއް ހެދިވާހަކައެވެ. އަބަދުވެސް ބުނާފަދައިން ދުނިޔޭގައި އުޅޭހައި ދުވަހަކު ކަންބޮޑުވުންތައް ކުރިމަތިވާނެއެވެ. ވޭނުގައި އުޅެން ޖެހޭނެއެވެ. އަހަރެމެންނަށް އޮތީ އެކަންކަމާއިއެކުގައިވެސް ހިތްވަރުކޮށްފައި ދުނިޔޭގައި އުޅުމަށް ހިތްވަރު ލިބިގަތުމެވެ. 

ޙަދީޘްފުޅުގައިވަނީ މި 3 ކަންތައް މީހަކު ޤަބޫލުކޮށްފިނަމަ އެމީހަކަށް އީމާންކަމުގެ ރަހަ ލިބިގެންދާނެ ކަމަށެވެ. އެ ރަހަ ލިބުމުން އެމީހަކު ހުންނާނީ ބާއްޖަވެރި މީހެއްގެ ގޮތުގައެވެ. އެހިސާބުން އެމީހެއްގެ ޙަޔާތުގައި ދިމާވާ ދަތި އުނދަގޫތަކުގެ ސަބަބުން އެމީހަކަށް ހަމަޖެހުން ގެއްލިގެނެއް ނުދާނެއެވެ. މިޒަމާނުގައި މިކިޔާ ޓެންޝަނާ، ޑިޕްރެޝަނަކަށް ނުވެއްޓޭނެއެވެ.  

އީމާންކަމުގެ ރަހަ ލިބޭނެ 3 ކަމެއް ރަސޫލް () ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ. ޙަދީޘްފުޅުގައި ވަނީ:

"3 ކަމެއް މީހަކު ޤަބޫލުކޮށްފިނަމަ އެމީހަކަށް އީމާންކަމުގެ ރަހަ ލިބޭނެއެވެ.

1 ކާއިނާތުގެ މިލްކުވެރިފަރާތަކީ ހައްދަވައި ގެންގުޅުއްވަވާ އިލާހުކަން ހިތުގެ އަޑިން ތެދުކޮށް ޤަބޫލުކޮށް ކަށަވަރުކުރުން.

2. ދިރިއުޅުމަށް އެންމެ މަތިވެރި ނިޒާމަކީ 7 އުޑުމަތިން ﷲ ތަޢަލާ ބާވައިލައްވަވާފައިވާ ނިޒާމްކަން ހިތުގެ އަޑިން ޤަބޫލުކުރުން.

3. ބާއްޖަވެރިކަން ލިބުން ވަނީ މިއުންމަތުގެ ނަބިއްޔާ މުޙައްމަދު () އަށް ތަބަޢަވުމުން ކަމަށް ހިތުގެ އަޑިން ޤަބޫލުކުރުން."

ވީމާ ހާސްވުމާއި ކަންބޮޑުވުމާއި މިފަދަ ހުރިހާ މައްސަލަތަކެއް ޙައްލުކުރަން އޮތް ފަރުވާ ހަމައެކަނި މިޙަދީޘްފުޅުންވެސް މިދަނީ އެނގިގެންނެވެ. މަސައްކަތް ކުރަންވީ އީމާންކަމުގެ ރަހަ އެންމެ ފުރިހަމަ ގޮތުގައި ލިބިގަނެވޭ މީހުންގެތެރެއިންވުމަށެވެ. އެއިރުން ހުރިހާ ކަންބޮޑުވުންތަކެއް ފިލައިގެންދާނެއެވެ. 

މިބަހުގެ މާނައަކީ ކަމެއް ދިމާވިނަމަވެސް ގޮތްހުސްވެ ހަތަރު އުދަރެސް ފެނުޖެހިގެން އުޅެން ނުޖެހޭނެވާހަކައެވެ. ހިތްހަމަޖެހިލައިގެން ސާބިތުކަންމަތީގައި ހުރެވޭނެކަމެވެ. ނަފްސާނީ ބަލީގެ ބާރުގަދަ ބޭސްތައް ނުކައި ނިދައިލެވޭނެ ކަމެވެ. ހިތްހަމަޖެހިލައިގެން ދުނިޔޭގައި އުޅެލެވޭނެ ކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސކުން

 

މިއަދު އޮންލައިން