އެއްވެސް މީހަކަށް އަނިޔާވެރިނުވާށެވެ! ޚާއްބަކޮށް މީހެއްގެ ފުރާނައަށް ގެއްލުންވެދާނެ ކިތަންމެ ކުޑަކުޑަ ކަމެއްވިޔަސް ނުކުރާށެވެ! އެމީހަކަސް ކުރެވުނު ކަމެއްގެ ސަބަބުން (ޤަޞްދުގައި ކުރިކަމަކުން ނޫނސް) މީހަކު މަރުވެއްޖެނަމަ ކައްފާރާދޭންޖެހޭނެއެވެ.
މީހަކު މެރުމުގެ ޤަޞްދުގައި ނޫންނަމަވެސް މީހަކަށް ކުރެވޭ ކަމަކުން މީހަކު މަރުވެއްޖެ ނަމަ، އެމީހާގެ ޢާއިލާއިން މާފުކޮށްފައިވީނަމަވެސް އަދި މަރުވީ މުސްލިމެއް ނޫންނަމަވެސް 2 މަސްދުވަހު ރޯދަ ހިފަންޖެހޭނެކަމަށް އޮންނަކަމަށް އަޑުއެހީމެވެ އެއީ ތެދެއްތޯއެވެ؟
ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ޖަވާބުއެވެ.
2 މަސް ދުވަހު ރޯދަހިފަންޖެހޭނެއެވެ. މަރުވީ ކާފިރަކު ކަމަށްވުމަކުން ޙުކުމ ބަދަލުވާކަން އެނގިފައެއް ނުވެއެވެ.
ޝައިޚް ޢާޞިމް އަލް_ޙަކީމްގެ ޖަވާބު:
2 މަސްދުވަހު ރޯދަހިފަން ޖެހޭނެއެވެ.