ދުޢާ އިޖާބަ ކުރެއްވުމަށް މެދުވެރިވާ ކަންތައްތަކުގެ ތެރޭގައި ދެއަތް އުފުލާ ދުޢާ ކުރުން ހިމެނިގެންވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ދުޢާ އިޖާބަ ކުރެއްވުމަށް މެދުވެރިވާ ކަންތައްތަކުގެ ތެރޭގައި ދެއަތް އުފުލާ ދުޢާ ކުރުން ހިމެނިގެންވޭ!

ދެއަތް އުފުލައިލާށެވެ! ދުޢާކުރާށެވެ! ބޭނުންކަމަކަށް އެދި ދުޢާކުރާށެވެ! 

Salman al-Farsi reported: The Prophet, peace and blessings be upon him, said,

 “Verily, Allah is conscientious and generous. He would be shy, when a man raises his hands to Him, to turn them away empty and disappointed.”

Source: Sunan al-Tirmidhī 3556

Grade: Sahih (authentic) according to Al-Albani 

އިޚްލާޞްތެރިކަމާއިއެކު ދެއަތް އުފުލައި ﷲ ތަޢާލާއަށް ދުޢާކުރުމުން ހުސްއަތާ ދޫކޮށްލައްވަވަން ﷲ ތަޢާލާ ލަދުވެތިވެވޮޑިގަންނަވާކަން މިއޮތީ މި ޙަދީޘްފުޅުންވެސް އެނގޭށެވެ!  

ދުޢާކުރުމުގައި އަތްއުފުލުމާއިބެހޭގޮތުން ޑރ. މުޙޣައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ މިފަދައިންނެވެ.  

ދުޢާ ކުރުމުގެ އަދަބުތަކުގެ ތެރޭގައި، އަދި ދުޢާ އިޖާބަ ކުރެއްވުމަށް މެދުވެރިވާ ކަންތައްތަކުގެ ތެރޭގައި ދެއަތް އުފުލާ ދުޢާ ކުރުން ހިމެނިގެން ވެއެވެ. ނަމަވެސް، ފަރްޟު ނަމާދަށްފަހުގައި ދުޢާ ކުރާއިރު އަތް އުފުލުން ޘާބިތެއް ނުވެއެވެ. ފަރްޟު ނަމާދަށްފަހު ދުޢާ ކުރާއިރު ކުރާނީ ދެއަތް ނުއުފަލައެވެ. والله أعلم

 

މިއަދު އޮންލައިން