ޙައިޟުގެ ލޭ ކެނޑި ހިނައި ނުގަނެހުރެ ރޯދަހިފިދާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 30ސ
ޙައިޟުގެ ލޭ ކެނޑި ހިނައި ނުގަނެހުރެ ރޯދަހިފިދާނެތޯ؟

ފަޖުރު ލުމުގެ ކުރިން ޙައިޟުގެ ލޭ ކެނޑިއްޖެނަމަ، ހިނައިނުގަނެވި ހުރިނަމަވެސް، ރޯދަ ހިފަން ޖެހޭނެއެވެ. ލޭކެނޑުމާއިއެކު ރޯދަ އަށް ހުރުމަށް ނިޔަތް ގަންނާނީއެވެ. ރޯދަ ހިފުމަށްޓަކައި ހިނައިގަތުން ލާޒިމެއް ނޫނެވެ. ނަމަވެސް، ހިނައިގަތުން ލަސްނުކުރުން ހުއްޓެވެ. ސަބަބަކީ ހިނައިނުގަނެ ފަތިސް ނަމާދު ނުކުރެވޭނެތީވެއެވެ.

އިމާމް މާލިކް- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "ފަޖުރު ލުމުގެ ކުރިން ޠާހިރުވެއްޖެނަމަ، އޭގެފަހުން (ފަޖުރުލުމުގެ ފަހުން) ހިނައިގަންނަމަވެސް ރޯދަ ޞައްޙަވާނެއެވެ. والله أعلم 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން