އުފަންވެލި ޝޮޕްތަކުން ފޭރާއި އަނބުގެ އަގުހެޔޮކޮށްފި އެވެ.
ކުރިއަށް އޮތް 2 ދުވަހަށް ޚާއްޞަކޮށްގެން ފޭރުކިލޯއެއް ވިއްކާނީ 55 ރުފިޔާއަށެވެ. 2.5 ކިލޯގެ ފޭރުފޮށްޓެއް ވިއްކާނީ 110 ރުފިޔާއަށެވެ. އަނބު ކިލޯއެއް ވިއްކާނީ 50 ރުފިޔާއަށެވެ. 10 ކިލޯގެ ކޭހެއް ވިއްކާނީ 38 ރުފިޔާގެ ރޭޓުން 380 ރުފިޔާއަށެވެ.
އުފަންވެލި ޝޮޕްތަކުން މިހާރުވެސް ވަނީ ރަމަޟާން މަހުގެ ނިޔަލަށް ވަރަށް ގިނަ ބާވަތްތަކުގެ އަގު ހެޔޮކޮށްފައެވެ. އެއިގެ ތެރޭގައި ކުކުޅާއި ކުކުޅުގެ ބައެއް ބާވަތްތަކާއި ގެރިމަހާއި ކެރެޓާއި ކެބެޖާއި ފިޔައާއި އަދިވެސް ގިނަ ބާވަތްތަކެއް ހިމެނެއެވެ.