ދަރިން އިޞްލާޙްކުރަން މަސައްކަތްކުރާއިރު ޢަމަލުކުރަންޖެހޭ މުހިންމު ނަބަވީ އިރުޝާދުތަކެއް!: ހިފަހައްޓާށެވެ!: ޝައިޚް ނިމާލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ދަރިން އިޞްލާޙްކުރަން މަސައްކަތްކުރާއިރު ޢަމަލުކުރަންޖެހޭ މުހިންމު ނަބަވީ އިރުޝާދުތަކެއް!: ހިފަހައްޓާށެވެ!: ޝައިޚް ނިމާލް

ދަރިން ބަސް ޤަބޫލުނުކުރާތީ އިޞްލާޙްކުރަން މަސައްކަތްކުރާއިރު ކުރަންޖެހޭނެ ކަންކަން އޮޅުން ފިލުވަން ވަރަށް ގިނައިން ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ ޝައިޚް ނިމާލް ގެ ވަރަށް މުހިންމު ދަރުސެކެވެ.

ދަރިއަކަށް ނުބައި ބަހެއް ބުނެވުނު ނަމަވެސް މީސްތަކުންގެ ތެރޭގައި ހުއްޓާ ފަޟީޙަތް ނުކުރާށެވެ. އެކަމަށް ރަނގަޅު ވަގުތު ހޯދައިގެން ނަޞޭޙަތްތެރިވާށެވެ. ދަރިން އިޞްލާޙް ކުރަން ކުރަން ޖެހޭ މަސައްކަތް ކުރުމުގައި މައިން ބަފައިން އެއްވެސް ޙާލެއްގައި މާޔޫސްވެގެން ނުވާނެއެވެ. އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއިއެކު ދުޢާކުރުންމަތީގައި ދެމިތިބޭށެވެ. ﷲ ތަޢާލާ މަގު ދައްކަވާނެތެވެ.  

ކަމެއް ކުރުމަށް ނުވަތަ ކަމެއް އިޞްލާހް ކުރުމަށް ދަރިންނަށް މަހެއްހައި ދުވަހު ނަޞޭޙަތް ދިނުމުންވެސް އިޞްލާހް ނުވާނަމަ ދަރިން އިޞްލާޙް ނުވީކަމަށް ބަލައި ބައެއް މައިން ބަފައިން އެހިސާބުން އެކަން އެބަހުއްޓައިލައެވެ. ނަޞޭޙަތް ދިނުން އެބަ ހުއްޓާލައެވެ. ނަމާދަށް ދާން ބުނުން ވެސް އެބަ ހުއްޓާލައެވެ.  

ނަމަވެސް މިއީ އެއްގޮތަކަށްވެސް އެކަން ކޮށްގެންވާނެ ގޮތެއް ނޫނެވެ. ނަމާދަށް ނުދާނަމަ ނުވަތަ އެހެން ކަމެއް އިޞްލާޙްކުރަން ނަމަވެސް ދޭންޖެހޭ ނަޞޭޙަތް ދިނުން ހުއްޓާލުމަކީ މައިންބަފައިންނަށާއި އެދުރުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. ތަކުރާރުކޮށް ކޮންމެ ދުވަހަކު ނަޞޭޙަތް ދޭން ޖެހުނު ނަމަވެސް އެއީ ތަކްލީފެއް ކަމަށް ނުދެކޭށެވެ. ހަމަ ލޯބިން ގޮވާލައި ގެނުވާށެވެ. ކައިރީގައި ބެއިންދުމަށްފަހު އިޚްލާޞްތެރިކަމާއިއެކު ނަޞޭޙަތްދޭށެވެ. ފިރުމަމުން ނަޞޭހަތްދޭށެވެ.  

ނަބަވީ އިރުޝާދުގައި ޢަމަލުކުރަން އޮތީ މިފަދައިންނެވެ! ރަސޫލް () އުންމަތަށް ނަމޫނާ ދައްކަވައި ބަޔާންކޮށްދެއްވަވާފައިވަނީ މިފަދައިން އަމަލުކުރުމަށެވެ.  

- ޝައިޚް ނިމާލް މުޙައްމަދުގެ ދަރުސުން

 

މިއަދު އޮންލައިން