ރަމަޟާން މަސް ނިމުމުން ގިނަބައަކު އެންމެ ބޮޑަށް އިހްމާލްވާ އެންމެ މުހިންމު އެއް އަޅުކަން-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ރަމަޟާން މަސް ނިމުމުން ގިނަބައަކު އެންމެ ބޮޑަށް އިހްމާލްވާ އެންމެ މުހިންމު އެއް އަޅުކަން-: މުފްތީ މެންކް

ރަމަޟާން މަސް އައުމުން އަޅުކަންކުރަން ގިނަ ބައަކު ސަމާލުކަން އިތުރުކުރެއެވެ. ރަމަޟާން މަސް ނިމުމުން ގިނަ ބައަކު އަޅުކަންކުރަން ފަރުވާކުޑަކުރެއެވެ. އެގޮތުން ބަލައިފިނަމަ ގިނަ ބައަކު އެންމެ ބޮޑަށް އިހްމާލްވާ އެއް އަޅުކަމަކީ ފަތިސްނަމާދުގެ އިހުސުންނަތާއި ފަތިސްނަމާދެވެ. އެހެންކަމުން މިބަލައިލަނީ ފަތިސްނަމާދުގެ އިހު ސުންނަތުގެ މައްޗަށެވެ. 

ދުނިޔޭގައިވާ ހުރިހާ ރަނާއި ތެލާއި ގޭހާއި މައުދަންތަކާއި ހުރިހާ ބޭންކްތަކުގައި ހުރި ފައިސާގެ އަގު ވަޒަންކުރުމަކީވެސް ކުރެވޭނެ ކަމެއް ނޫނެވެ. އެހެނީ ފޮރުވިފައިވާ މައުދަންތަކާއި އެހެނިހެން ތަކެތީގެ ޢަދަދުވެސް ނުއެނގޭތީއެވެ. 

އެ އެއްޗެއްގެ އަގު ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗަކަށްވުރެ ބޮޑު އެއްޗެއްގެ ވާހަކަ ބުނެފިނަމަ ހައިރާން ނުވާނެ ހަމައެކަކު ވެސް ނުހުންނާނެއެވެ. އަދި އެވަރުގެ އަގުހުރި އެއްޗެއް ތިމާއަށް ލިބެން އޮތްނަމަ ޙާޞިލުކުރަން މަސައްކަތް ނުކުރާނެ މީހަކުވެސް ނުހުންނާނެއެވެ. 

ނަމަވެސް ހިތާމައަކީ ބަރަކާތްތެރި ރަމަޟާން މަހުގައިވެސް އެ މުއްސަނދިކަން ތިމާއަށް ލިބެން އޮވެ ޙާޞިލުނުކުރި މީހުންގެ ޢަދަދު ގިނަކަމެވެ. އަދި ރަމަމާން މަސް ނިމުމުން ކަންނެތްެ ޣާފިލުވާ މީހުންގެ ޢަދަދު ބޮޑުތަނުން އިތުރުވެގެްދެއެވެ. އެއްބައަކު ލިބިގަންނަން ކަންނެތްވެ އެކަމަށް މަސައްކަތްނުކޮށް ނިދަނީއެވެ! އަނެބައަކު ކޮންމެވެސް ކަމެއްގައި އުޅެންހަދައިގެން ގަޑިޖެހެނީއެވެ. 

މިދައްކަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗަކަށްވުރެ އަގުހުރި ފަތިސްނަމާދުގެ އިހުސުންނަތުގެ ވާހަކައެވެ. 

މީސްތަކުންނޭވެ! ފަތިސްނަމާދުގެ ވަގުތު ޖެހުމުގެ ކުރިން ހޭލައި ތައްޔާރުވާށެވެ! ބަންގީގެކުރިން މިސްކިތަށްދާށެވެ. ނޫންނަމަ އަވަސްއަރުވާލައިގެން ކުރަން ހަދައިގެން އޮންނާނީ އިހުސުންނަތުގެ ދެ ރަކްޢަތް ނުކުރެވިފައެވެ. 

ރަވާތިބު ސުންނަތުގެ ކޮންމެ ނަމާދަކީވެސް މުހިންމު ނަމާދެކެވެ. ފަތިސްނަމާދުގެ އިހުސުންނަތަކީ ވަރަށް ޚާއްޞަ ދެރަކްޢަތެވެ. އެ ދެރަކްޢަތުގެ އަގު ނުވަތަ ބުރަދަން ކުރިން މިބަޔާންކުރިފަދައިން ﷲ ތަޢާލާގެ ޙަޟްރަތުގައި ބޮޑުކަމުންނެވެ. ފަތިސްނަމާދުގެ އިހުސުންނަތަކީ ދަތުރުފުޅެއްގައި އުޅުއްވެވި ނަމަވެސް ރަސޫލް ދޫކޮށްލެއްވެވި އަޅުކަމެއް ނޫނެވެ. 

އެހެން އަޅުކަންކުރާ މީހުން ރަމަޟާން މަހު އިތުރުވީފަދައިން ފަތިސްނަމާދުގެ އިހުސުންނަތްކުރި މީހުންގެ ޢަދަދުވެސް އިތުރުވިއެވެ. އެހެންކަމުން ޚާއްޞަކޮށް އެއެންމެންނަށްވެސް އަދި ޖުމުލަކޮށް ހުރިހާ މުސްލިމުންނަށްވެސް ބުނަލަން އޮތީ ފަތިސް ނަމާދުގެ އިހު ސުންނަތަށް ރައްކައުތެރިވާށެވެ. ފަރުވާކުޑަނުކުރާށެވެ. ކޮންމެ ގޮތަކުން ނަމަވެސް ފަތިސް ނަމާދުގެ އިހުސުންނަތް ނުކޮށް ދޫކޮށްނުލާށެވެ! 

ތިމާއަށް ދުވަހުގެ ހުރިހާ ކާމިޔާބީއެއްވެސް ގުޅިފައިވަނީ ހަމަ އެނަމާދާއި އަދި ފަތިސްނަމާދާއި ކަމަށްވުމުންނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ރަޙްމަތް ލިބުމުގެ ތަޅުދަނޑިއަކީ ދުވަސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ފެށުންކަން އެނގެން އޮތުމުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން