"ޔާ ﷲ! މިރެއަކީ މި ރަމަޟާން މަހުގެ އެންމެ ފަހުގެ އޮނަހިރިރެއެވެ. މިރަމަޟާން މަހު އިނބަ ﷲ އެބައަކަށް ރަޙުމް ކުރައްވަވައި ފާފަތައް ފުއްސަވައި ދެއްވެވި އަޅުންގެ ތެރޭގައި މިއަޅާ ހިމަނުއްވަވާނދޭވެ! މި ރަމަޟާން މަހުގައި އިނބަ ﷲ ނަރަކައިން މުއްތި ކުރައްވަވައި ސުވަރުގެ ވެއްދެވި އަޅުންގެ ތެރޭގައިވެސް މިއަޅާ ހިމަނުއްވަވާނދޭވެ! އަދި މިއަޅާއާއި މިއަޅާގެ މައިންބަފައިންނާއި ޢާއިލާގެ އެންމެންވެސް ހިމަނުއްވަވާނދޭވެ!
ޔާ ﷲ! ރަމަމާން މަހަށް ފަހުގައިވެސް އަޅުކަންކުރުންމަތީގައި ޘާބިތުވެހުރުމުގެ ތައުފީޤްވެސް މިއަޅާއަށް މިންވަރުކުރައްވަވާނދޭވެ! އަދި އެންމެހައި ފާފަތަކުން ސަލާމަތްވެ ހުރުމުގެ ހިތްވަރާއި ޘާބިތުކަންވެސް މިއަޅާއަށް ދެއްވަވާނދޭވެ!" އާމީން
ހުރިހާ ކިޔުންތެރިންނޭވެ! މިއަދުނޫހުން ކިޔުންތެރިންނަށް މިއެއްލާ ﷲ ތަޢާލާގެ ވައުފަށް ކިޔުންތެރިންވެސް ކިޔުންތެރިންގެ އެކުވެރިންނަށް އެއްލަވާށެވެ! މާނައަކީ ޝެއާކޮށްލައްވާށެވެ! އެކަމަށް ޙައްޤު ޖަޒާ ﷲ ތަޢާލާ ދެއްވަވާނެތެވެ!
ﷲ ތަޢާލާގެ މަގަށް ހިތްވަރުދޭ މިލިޔުން އަރުވާތާ 24 ގަޑިރުތެރޭ ޝެއާކުރައްވާ ކޮންމެވެސް 1 ކިޔުންތެރިއަކަށް ހަދިޔާއެއްގެ ގޮތުގައި މިއަދުނޫހުން 4 ފުޅި ސެންޓް އަރުވާނަމެވެ. އިން ޝާ ﷲ
ފަހު ދިހަ ފެށި 21، 23، 25، 27، ފާއިތުވެ މިރެއަކީ 29 ވިލޭރެއެވެ. އެހެންކަމުން މިރެއަކީ ފަހުދިހައިގެ 5 ވަނަ އޮނަހިރިވިލެރެއެވެ. އެންމެ ފަހުގެ އޮނަހިރިރެއެވެ.
މިރެއަކީވެސް ލައިލަތުލްޤަދްރިވިލޭރޭ ލިބިގަންނަން ކުރަމުން މިދާ މަސައްކަތުގައި އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ އެއް ރެއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިފަދައިން ހަނދުމަކޮށް އަރުވަނީ ހުރިހާ ބޭފުޅުންވެސް އަވަދިނެތި އުޅުއްވާއިރު ހަމަ މިރެއަކީ 5 ވަނަ އޮނަހިރިރޭކަން ހަނދުމަފުޅު ނެތިދާނެތީ ހަނދުމަފުޅުކޮށް އެރުވުމަށެވެ.
އިން ޝާ ﷲ އަޅުގަނޑުމެން ދާނީ ﷲ ގެ ވައުފަށް އެއްލަމުންނެވެ. ހިއްޕަވައި ފައިދާ ހޯދުން އޮތީ ކިޔުންތެރިންނަށެވެ.