ރިޒްޤް ލިބެންވެސް، ތަނަވަސްކަން އިތުރުކުރަންވެސް ބޭނުންނަމަ ކުރަންވީ 2 ކަންތައް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ރިޒްޤް ލިބެންވެސް، ތަނަވަސްކަން އިތުރުކުރަންވެސް ބޭނުންނަމަ ކުރަންވީ 2 ކަންތައް!: މުފްތީ މެންކް

ކޮންމެ މީހަކީވެސް ތަނަވަސްކަމަށް އެދޭނެ މީހެކެވެ. ތަނަވަސްކަން އިތުރުވުމަށްވެސް އެދޭނެ މީހެކެވެ. އެހެންވެ ގިނަ ބައަކު ނުވަތަ އެންމެންހެން އަވަދި ނެތި މަސައްކަތްކުރަމުން ގެންދަނީ ތަނަވަސްކަން އުތުރުކުރުމަށެވެ. 

ކިތަންމެ ބުރަކޮށް މަސައްކަތްކުރި ނަމަވެސް ތަނަވަސްކަން އިތުރުވާނީ ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންނެވެ. ވީމާ ތަނަވަސްކަން އިތުރުވުމަށް އެދޭމީހާ ކުރަންޖެހޭ 2 ކަމެއް އެބައޮތެވެ. 

ފުރަތަމަ ކަމަކީ ﷲ ތަޢާލާ ދެއްވަވާފައިވާ ތަނަވަސްކަމުން ﷲ ތަޢާލާގެ މަގުގައި ހޭދަކުރުން ގިނަކުރުމެވެ. ދެވަނަ ކަމަކީ ތައުބާވުން ގިނަކުރުމެވެ. ފާފަތައް ފުއްސަވައިދެއްވެވުން އެދި ގިނަގިނައިން ދެންނެވުމެވެ. 

ކިތަންމެ ބިރަކޮށް މަސައްކަތްކުރިނަމަވެސް އަސްތަޣްފާރުކުރުން ގިނަކުރާށެވެ. އެކަމުގައި އިހްމާލުނުވާށެވެ. އަސްތަޣްފާރުކުރުން ގިނަކުރަންވީ ހަމައެކަނި ތަނަވަސްކަން އިތުރުކުރުމަކަށްވެސް ނޫނެވެ. އެންމެ ދަތިޙާލުގައި ހުރިމީހަކުނަމަވެސް އަސްތަޣްފާރުކުރުން ގިނަކުރާށެވެ. އެކަމުގެ ސަބަބުން އެމީހަކަށް ރިޒުޤް އިތުރުކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން