ފަޤީރުކަމުން އަތުގަ ފޯނެއްވެސް ނެތަސް އުޑުތަކުގަ އެންމެ މަޝްހޫރު މީހަކަށްވެވިދާނެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ފަޤީރުކަމުން އަތުގަ ފޯނެއްވެސް ނެތަސް އުޑުތަކުގަ އެންމެ މަޝްހޫރު މީހަކަށްވެވިދާނެ! އިން ޝާ ﷲ: މުފްތީ މެންކް

މީސްތަކުންނޭވެ! ވިސްނާށެވެ! ޔޫނުސްގެފާނު އެބޮޑު ބިޔަ މަހުގެ ބަނޑުގައި އޮންނަވައިގެން ﷲ ތަޢާލާއަށް ދެންނެވި ދެންނެވުނަތަކުގެ އަޑު އުޑުތަކުގައި ތިއްބެވި މަލާއިކަތުންނަށް އިވިވަޑައިގެންނެވިއެވެ. އެއަޑުފުޅު އިވިވަޑައިގަތުމުން އެއީ ކުރިންވެސް އިވިވަޑައިގަންނަވާ އަޑުފުޅެއްކަން މަލާއިކަތުންނަށް އެނގިވަޑައިގެންނެވިއެވެ. 

މިވީ ކިހިނެއްހެއްޔެވެ؟ މިވީ ގޮތަކީ އެކަލޭގެފާނަކީ އަބަދުވެސް ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ޢަމަލުތައް ކުރެއްވެވި ބޭކަލަކަށްވީކަމެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ބަސްފުޅުތައް ވިދާޅުވަމުން ގެންދެވި ބޭކަލަކަށްވީކަމެވެ. ޛިކުރުކުރެއްވެވުން ގިނަ ބޭކަލަކަށްވެވަޑައިގެންނެވި ކަމެވެ. އެކަންކަމުގެ ސަބަބުން އުޑުތަކުގައި އެކަލޭގެފާނަކީ މަޝްހޫރުކަމާއި ތަޢްރީފް ލިބިވަޑައިގެންފައިވާ ބޭކަލަކަށްވެވަޑައިގެންފައިވާ ކަމެވެ. 

އަހުރެމެންނަށް މިއަދު ހަނދާން ނައްތާލެވިގެން މިއުޅެނީ އެކަމެވެ. މަސައްކަތް ކުރެވެނީ ދުނިޔޭގައި މަޝްހޫރުމީހަކަށްވުމަށެވެ. އެކަމުގެ ސަބަބުން އެމީހާ ދުނިޔޭގައި އެންމެ މަޝްހޫރު މީހަކުކަމުގައި ވެގެންވެސް ހިނގައިދާނެއެވެ. އެކަމަކު އުޑުތަކުގައި އެމީހަކަށް އެއްވެސް މަޝްހޫރުކަމެއް ނެތި ހިނގައިދާނެއެވެ. ސަބަބަކީ އޭނާއަކީ ހެޔޮ ޢަމަލުތައް ނުކުރާ މީހަކަށްވުމެވެ. 

އަދިވެސް ބުނަން ހެއްޔެވެ؟ އަތުގައި މޯބައިލް ފޯނެއް ނުވެސް ނެތް ފަޤީރު ނިކަމެތި މީހާއަކީ އުޑުތަކުގައި ވަރަށް މަޝްހޫރު މީހަކަށްވެގެން ހިނގައިދާނެއެވެ. އެއީ އޭނާކުރާ ހެޔޮ ޢަމަލުތަކުގެ ސަބަބުންނެވެ. 

މިދެއްކި ވާހަކައަށް ވިސްނާށެވެ! ތިމާއަކީ އުޑުތަކުގައި މަޝްހޫރު މީހަކަށްވާން ގަދައަޅައި މަސައްކަތްކުރާށެވެ! ސުވަރުގެ ވަދެވެން އޮތީ އެއިރުންނެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން