އުނދަގޫތައް ފަސޭހައަށް ބަދަލުކުރައްވަވާ، ނުވާނެކަމަށް ބެލެވޭ ކަންކަން ވާނެގޮތް މެދުވެރި ކުރައްވަވަނީ ހަމައެކަނި ﷲ! ވަކީލުކޮށްފި މީހަކަށް އެކަލާނގެ ފުދި ވޮޑިގެންވޭ!: ޑރ. ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އުނދަގޫތައް ފަސޭހައަށް ބަދަލުކުރައްވަވާ، ނުވާނެކަމަށް ބެލެވޭ ކަންކަން ވާނެގޮތް މެދުވެރި ކުރައްވަވަނީ ހަމައެކަނި ﷲ! ވަކީލުކޮށްފި މީހަކަށް އެކަލާނގެ ފުދި ވޮޑިގެންވޭ!: ޑރ. ޢަލީ ޒާހިރު

"އުނދަގޫތައް ފަސޭހައަށް ބަދަލުކުރައްވަވައި، ނުވާނެ ކަމަށް ބެލެވޭ ކަންކަން ވާނެ ގޮތް މެދުވެރި ކުރައްވަވަނީ ހަމައެކަނި ﷲ އެވެ. ﷲ އަށް ވަކީލުކޮށްފި މީހަކަށް އެކަލާނގެ ފުދި ވޮޑިގެންވެއެވެ." --ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް

ކަންކަން ނުވެގެން މިއުޅެނީ އަޅުގަނޑުމެން އަމިއްލައަށް ކަންކަން ކުރަން އުޅޭތީއެވެ! މާތް ﷲ ގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރަމުން އެކަލާނގެ ޙަޟްރަތުން ވާގިއެދިގެން ކަންކަން ކުރަން އުޅުމުން ކޮންމެ ކަމަކީވެސް ކާމިޔާބުކުރެވޭނެ ކަމެކެވެ.

އަހުރެމެންނަށް އޮތީ ﷲ ތަޢާލާ އާއި ކުއްތަންވާން މަސައްކަތްކުރުމެވެ. ކިޔަމަންތެރިކަން އަދާކުރުމެވެ. އަދި ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ވަކީލްކުރުމެވެ. އެއިރުން އެމީހާއަށް ބޭނުންވާ ހުރިހާ ކަންކަން ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެތެވެ. އެކަންކަން ޙާޞިލުނުކުރެވޭނެ ކަމަށް އަހުރެމެންނަށް ޤަބޫލުކުރެވިފައި ހުންނަ ކަންކަން ވެސް އަހުރެމެންނަށް ޙާޞީލްވެގެންދާނެއެވެ.

ޝައިޚް ބާރު އަޅުއްވަވާފައި އެވަނީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވާން މަސައްކަތްކުރާ އަޅުތަކުންގެ ހުރިހާ ބޭނުންތައް ފުއްދަވައި ދެއްވެވުމަށް ﷲ ތަޢާލާ ކުޅަދުންވަންތަކަމެވެ. އަދި އެކަންކަމަކީ އަހަރެމެންނަށް ނުކުރެވޭނެ ކަންކަން ކަމަށް ހީޚުރެވޭ ހުރިހާ ކަންކަން އެކުގައި އެއްފަހަރާ ހިންމަވައި ދެއްވެވުމަށްވެސް އެކަލާނގެ ކުޅަދުންވަންތަކަމެވެ.

މިއަދު އޮންލައިން