ރަމަޟާން މަހު މީހަކަށް ކުރެވޭނެ އެންމެ ބޮޑު ކުށުން ސަލާމަތްވުމުގެ ފުރުޞަތު އަދިވެސް އެބައޮތް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ރަމަޟާން މަހު މީހަކަށް ކުރެވޭނެ އެންމެ ބޮޑު ކުށުން ސަލާމަތްވުމުގެ ފުރުޞަތު އަދިވެސް އެބައޮތް!: މުފްތީ މެންކް

ރަމަޟާން މަހު މީހަކަށް ކުރެވޭނެ އެންމެ ބޮޑު ކުށަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ ޖަވާބުގައި ގިނަ ބައަކު ބުނާނީ ކޮންމެވެސް ބޮޑު ފާފައެއްގެ ވާހަކައެވެ. ނަމަވެސް އަހުރެންގެ ވިސްނުމުގައި އެކަން ތަފާތެވެ. ވީމާ ކޮންމެވެސް އެއްޗެއް ބުނެލާނަމެވެ. 

ﷲ ތަޢާލާއީ އަބަދުވެސް އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. އަދި ރަމަޟާން މަހު ދީލަތިކަން އިތުރުކުރައްވަވަތެވެ. އެކަމުގެ ވާހަކަތައް ވަރަށް ގިނައިން ދެއްކިއްޖެއެވެ. އެހެންކަމުން އަހުރެން މިވަޤުތު ބަޔާން މިކުރަނީ ރަމަޟާން މަހު މީހަކަށް ކުރެވޭނެ އެންމެ ބޮޑު ކުށް ކަމުގައި އަހުރެންނަށް ޤަބޫލުކުރެވޭ ކުށުގެ ވާހަކައެވެ.

އެއީ ތައުބާވެ ތިމަން ﷲ ގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދި ދުޢާކުރަން އަންގަވާފައިވާ އެންގެވުމަށް ޢަމަލުނުކުރުމެވެ. ރަމަޟާން މަސް ނިމިގެންދާއިރުވެސް އިޚްލާޞްތެރި ތައުބާއަކުން ތައުބާނުވެ ހުރުމެވެ. ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާނުކޮށް ހުރުމެވެ. 

މުސްލިމުންގެ ގިނަ ބައަކު މިހާރުވެސް ވާނީ މިބުނި މަގުން ޢަމަލުކޮށްފައެވެ. އެހެންކަމުން މިވާހަކަކޮޅު ނިޞްބަތް މިކުރަނީ މިބުނި މަގުން ޢަމަލުނުކޮށް ތިބި މީހުންނަށެވެ. ފަރުވާކުޑަކުރެވިފައި ތިބި މީހުންނަށެވެ. 

މިރެއަކީ މިރަމަޟާން މަހުގެ އެންމެ ފަހުގެ އޮނަހިރި ރެއެވެ. ޢީދު ދުވަހަކީ ހުކުރު ދުވަސްކަމަށްވީނަމަވެސް އަދި ހޮނިހިރު ދުވަސްކަމުގައިވީނަމަވެސް އެންމެ ފަހުގެ އޮނަހިރި ރެއަކީ މިރޭ ނޫންކަމަކަށް ނުވާނެއެވެ. އެކަމަކަށް ބަދަލެއް ނުއަންނާނެއެވެ. 

ވީމާ މީސްތަކުންނޭވެ! މިބަޔާންކުރި މަގުން ތައުބާނުވެވި މިހައިތަނަށް ތިބި މީހުން ފުރުޞަތުގެ ބޭނުންހިފާށެވެ! އަދި ކުރިން ދުޢާކުރަމުން އައި މީހުންވެސް ކަންނެތްނުވެ ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި މިރޭވެސް ދުޢާކުރާށެވެ! ރަމަޟާން މަސް ނިމެންދެން ދުޢާކުރުންމަތީގައި ޘާބިތުވެގެންތިބޭށެވެ! އެމީހެއްގެ ތައުބާ ޤަބޫލުފުލު ކުރައްވަވާނެތެވެ! އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން