އިސްތިޢްފާރު ކުރުމަށް ކުރެވިދާނެ ބައެއް ދުޢާތައް

ކިޔުމަށް ހޭދަވާނީ 4މ 11ސ
އިސްތިޢްފާރު ކުރުމަށް ކުރެވިދާނެ ބައެއް ދުޢާތައް

ޢާއިޝަތު ރަފާޙް ޢަލީ

 

އިސްތިޣްފާރު ކުރުމަކީ ވަރަށް މަތިވެރި ދަރަޖަ ލިބޭ ކަމެކެވެ. ކޮންމެ ޢިބާރާތަކުންވެސް ﷲ ގެ ޙަޟްރަތުގައި ފާފަފުއްސެވުމަށް އެދުމަކީ އިސްތިޣްފާރު ކުރުމެވެ. ގިނަގިނައިން އިސްތިޢްފާރުކުރާ މީހާއަށް ނަރަކައިން ސަލާމަތް ކުރައްވާ ދުނިޔޭގައިވެސް ހެޔޮކަންކަން އެމީހަކަށް ލިބިގެން ދެއެވެ. މި ލިޔުމުގައި މިބަޔާން ކޮށްލަނީ ކީރިތި ގުރްއާނުގައި އިސްތިޣްފާރު ކުރުމަށް އައިސްފައިވާ ބައެއް އާޔަތްތަކަށެވެ. އެގޮތުން އަބަދުވެސް މި އާޔަތްތައް ގިނަގިނައިން ކިޔައި އިސްތިޣްފާރު ކުރުން އިތުރުކުރުން މުހިއްމެވެ. 

·      އަޢްރާފް ސޫރަތުގެ 155 އަދި 156 ވަނަ އާޔަތް

أَنتَ وَلِيُّنَا فَٱغْفِرْ لَنَا وَٱرْحَمْنَا ۖ وَأَنتَ خَيْرُ ٱلْغَٰفِرِينَ ﴿١٥٥﴾‏ وَٱكْتُبْ لَنَا فِى هَٰذِهِ ٱلدُّنْيَا حَسَنَةً وَفِى ٱلْـَٔاخِرَةِ

މާނައީ: "އިބަރަސްކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަދި އަޅަމެންނަށް رحمة ލައްވައިފާނދޭވެ! އިބަރަސްކަލާނގެއީ، ފާފަފުއްސަވާ، އެންމެހެޔޮ ރަސްކަލާނގެއެވެ. އަދި އަޅަމެންނަށްޓަކައި މިދުނިޔޭގައިވެސް، އަދި آخرة ގައިވެސް ހެޔޮގޮތް ލިޔުއްވައިފާނދޭވެ!" 

·      އަޢްރާފް ސޫރަތުގެ 23 ވަނަ އާޔަތް

رَبَّنَا ظَلَمْنَآ أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ ٱلْخَٰسِرِينَ ﴿٢٣﴾‏

މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ نفس ތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި رحمة ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ." 

·      ޤަސަސް ސޫރަތުގެ 24 ވަނަ އާޔަތް

رَبِّ إِنِّى لِمَآ أَنزَلْتَ إِلَىَّ مِنْ خَيْرٍ فَقِيرٌ ﴿٢٤﴾‏

މާނައީ: "އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާއަށް ދެއްވި ކޮންމެ ހެވަކަށް ހަމަކަށަވަރުން، މިއަޅާވަނީ ބޭނުންވެގެންނެވެ." 

·      އަންބިޔާ ސޫރަތުގެ 83 ވަނަ އާޔަތް

أَنِّى مَسَّنِىَ ٱلضُّرُّ وَأَنتَ أَرْحَمُ ٱلرَّٰحِمِينَ ﴿٨٣﴾‏

މާނައީ: "ހަމަކަށަވަރުން، މިއަޅާޔަށް ދަތިކަމާއި، އުނދަގޫ ޖެހިއްޖެއެވެ. އަދި އިބަރަސްކަލާނގެއީ، رحمة ލައްވާ، އެންމެ رحمة ވަންތަ ރަސްކަލާނގެއެވެ." 

·      އަންބިޔާ ސޫރަތުގެ 87 ވަނަ އާޔަތް

لَّآ إِلَٰهَ إِلَّآ أَنتَ سُبْحَٰنَكَ إِنِّى كُنتُ مِنَ ٱلظَّٰلِمِينَ ﴿٨٧﴾‏

މާނައީ: " އިބަރަސްކަލާނގެ މެނުވީ، إله އަކު ނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ."

މިއަދު އޮންލައިން