އަހުރެމެން ރަމަޟާން މަހު ކުރި އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވިކަން ނުވަތަ ނޫންކަން އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. އެކަމަށް ހުރީ ބައެއް ޢަލާމާތްތަކެވެ. އެގޮތުން ޢިލްމުވެރިން ބަޔާންކުރައްވަވާ އެއް ޢަލާމާތަކީ ރަމަމާން މަހުގައި އަޅުކަންކުރި ފަދައިން ނުވަތަ އެއަށްވުރެ ގިނައިން ރަމަޟާން މަހަށް ފަހުގައިވެސް އަޅުކަންކުރުމުގެ ހިތްވަރު ލިބުމެވެ.
އެހެންވީމާ ޢީދު ދުވަހު އަދި އެއިގެ ފަހުންވެސް ތިބާ ފަރުޟު ނަމާދަށް ރައްކައުތެރިވި މިންވަރާއި ކީރިތި ޤުރްއާނުން މިންވަރެއް ނަމަވެސް ކިޔަވައިލުމާއި ކިތަންމެ ކުޑަ ނަމަވެސް ޞަދަޤާތެއް ދިނުމާއި އަދި ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ރޭއަޅުކަން ކުރުން ފަދަ ކަންކަން ނުކުރެވިއްޖެނަމަ އެއީ ހިތާމަހުރި ކަމެކެވެ.
މީސްތަކުންނޭވެ! ޢީދު ދުވަހަކީ އުފާކުރުމުގެ ދުވަހެކެވެ. ﷲ ތަޢާލާ އަންގަވާފައިވާ އިންތަކުން އުފާކުރާށެވެ! އެއިރުން އެކުރެވެނީ އަޅުކަމެކެވެ. ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން