ކޮންމެ މުސްލިމަކުވެސް ރަމަޟާން މަސް ނިމުމުގެކުރިން ކޮންމެހެން ކޮށްލަންޖެހޭ ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ކޮންމެ މުސްލިމަކުވެސް ރަމަޟާން މަސް ނިމުމުގެކުރިން ކޮންމެހެން ކޮށްލަންޖެހޭ ދުޢާއެއް!

ޔާ ﷲ! އަޅަމެން މި ރަމަޟާން މަހު ކުރި އަޅުކަން ޤަބޫލުފުޅު ކުރައްވަވާނދޭވެ! އަޅުކަންކުރުމުގައި އަޅަމެންގެ ކިބައިގައި އުނިކަމުންނާއި އެހެންވެސް ގޮތްގޮތުން އުނިވެފައިވާ ބައަށް ޢަފޫކުރައްވަވާނދޭވެ!  

ރަމަޟާން މަހުގައި އަޅަމެން އަޅުކަންކުރި ފަދައިން ރަމަޟާން މަހަށް ފަހުގައިވެސް އިނބަ ﷲ އަށް އަޅުކަންކުރުމުގައި ޘާބިތުވުމުގެ ކުޅަދާނަކަން އަޅަމެންނަށް ދެއްވަވާނދޭވެ! އަޅުކަނކުރުމުގައި ކަންނެތްވާ މީހުންގެ ތެރެއިން އަޅަމެން ނުލައްވަވާނދޭވެ!  

ޔާ ﷲ! ރަމަޟާން މަހަށް ފަހުގައިވެސް އަޅަމެންނީ ނަމާދުކުރާ، ޞަދަޤާތްދޭ، ޤުރްއާން ކިޔަވާ، ޛިކުރުކުރުން ގިނަކުރާ ބައަކު ކަމުގައި އަޅަމެން ލައްވަވާނދޭވެ! އަދި މިރޯދަ މަހާއި ބައްދަލުކުރުމުގެ ފުރުޞަތު އަޅަމެންނަށް ދެއްވެވި ފަދައިން ކުރިއަށް ރޯދަމަހާއިވެސް ބައްދަލުކުރެވޭ ބައަކު ކަމުގައި އަޅަމެން ލައްވަވާނދޭވެ! އަދި މިރޯދަމަހަށްވުރެވެސް ގިނައިން، މާފުރިހަމއަށް ދެން ބައްދަލުވާ ރޯދަ މަހުގައި އަޅުކަންކުރުމުގެ ތައުފީޤް އަޅަމެންނަށް ދެއްވަވާނދޭވެ! އާމީން  

ރަމަޟާން މަސް ނިމުމުގެކުރިން މިފަދަ ޢިބާރާތަކުން ކޮންމެ ބޭފުޅަކުވެސް ދުޢާކޮށްލައްވަވާށެވެ! ހިތްތިރިކުރައްވައިގެން ދުޢާކުރައްވާށެވެ! ދުޢާކުރަމުން ލޮލުން އެންމެ ކަރުނަތިއްކެއް ނަމަވެސް ވައްތާލަން މަސައްކަތްކުރައްވާށެވެ!

މިއަދު އޮންލައިން