ރަމަޟާން މަސް ނިމުމުން 6 ރޯދަހިފަން ހުރި ފުރުޞަތުތައް ވަރަށް ގިނަވެފަ ފަސޭހަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ރަމަޟާން މަސް ނިމުމުން 6 ރޯދަހިފަން ހުރި ފުރުޞަތުތައް ވަރަށް ގިނަވެފަ ފަސޭހަ-

ރަމަޟާން މަސް ނިމުމުން 6 ރޯދަހިފަން ހުރި ފުރުޞަތުތައް ވަރަށް ގިނަވެފައި ފަސޭހައެވެ. 

އެގޮތުން ޝައްވާލް މަހުގެ ހޯމަ ބުރާސްފަތީގައި 6 ރޯދަ ހިފައިފިނަމަ 6 ރޯދަހިފިކަމުގެ ޘަވާބާއި އަދި ރޯދަ ހިފުން ސުންނަތްވެގެންވާ އެދުވަސްތަކުގައި ރޯދަ ހިފިކަމުގެ ޘަވާބުވެސް އެމީހަކަށް ދެއްވަވާށނެތެވެ. އިން ޝާ ﷲ 

ބޮޑަށް ރަނގަޅީ ރަމަޟާން މަހުގައި ރޯދަ ގެއްލިފައިވާނަމަ އެރޯދަތައް ހިފުމަށްފަހު 6 ރޯދަ ހިފުމެވެ. އެހެންނަމަވެސް ގިނަ ރޯދަ ތަކެއް ގެއްލިފައިވުމުން ޤަޟާކުރަންޖެހޭ ރޯދަ އާއި 6 ރޯދަ ޝައްވާލް މަހުގައި ނުހިފޭނެނަމަ ޝައްވށާލުމަހުގެ 6 ރޯދަ ކުރިން ހިފައި ޤަޟާކުރަންޖެހޭ ރޯދަތައް ފަހުން ހިފުމުގެ ފުރުޞަތުވެސް އެބަ އޮތެވެ. 

ޤަޟާކުރަންޖެހޭ ރޯދަ ވީހާ އަވަހަކަށް ހިފައި ނިންމަން މަސައްކަތްކުރަންވާނެއެވެ. އެހެނީ އެއީ ﷲ ތަޢާލާއަށް އޮތް ދަރަންޏެކެވެ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން