މީހުން މެރުން ގިނަވަނީ! ޤިޞާޞް ހިފުމަށް ގޮވާލެވޭ އަޑުގަދަވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
މީހުން މެރުން ގިނަވަނީ! ޤިޞާޞް ހިފުމަށް ގޮވާލެވޭ އަޑުގަދަވަނީ!

ނުހަނު މަދު ޟީސްކޮޅެއް ދިރިއުޅެމުން އަންނަ މިކުޑަކުޑަ ދިވެހިރާއްޖޭގައިވެސް މީހުން މެރުމުގެ ޙާދިޘާތައް ދަނީ އިތުރުވަމުންނެވެ. މިފަދަ ޙާދިޘާތައް ހިންގަން ފެށުމުން ދީނީ ޢިލްމުވެރިން ހަރުއަޑުން ގޮވާލައްވަމުން ގެންދަވަނީ ކީރިތި ޤުރްއާނުގައިވާ މަގުން ޤިޞާޞް ހިފުމަށެވެ. 

އެހެނަސް ﷲ ތަޢާލާގެ ޙުކުމްފުޅުތައް ތަންފީޛްކުރުމަށް ގޮވާލެވޭ އަޑުއަހާނެ ފަރާތެއް ނެތެވެ! 

ޝައޚް އިލްޔާސް ޖަމާލުގެ މިބަސްފުޅުގެ ހަނދާން އައުކޮށްލަމާތޯއެވެ!  

"ރުޅިވެރިކަމާއި، އިލްޒާމް އެޅުވުމާއި، ނަފުރަތު ބަސްމަގު ދޫކޮށް، އެފަދަ ނުރައްކާތެރި ޖަރީމާތަކުން ޤައުމު ސަލާމަތްކުރުމަށްޓަކައި، "މިއޮށްފަދަ ޤަރުނުގައި" ވެސް ﷲގެ ޙުކުމްފުޅު ތަންފީޒުކުރުމަށް ތާއީދުކޮށް، ޤިސާސްހިފަން އުޅުމަކީ "ސިކު" ކަމެއް ނޫންކަން ދެކެމާތޯއެވެ<"

- ޝައިޚް އިލްޔާސް ޖަމާލް 

ޤިޞާޞް ހިފުމަށް ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅަކީ އެކަމަށް އެންމެ ފުރިހަމަ ޙުކުމްފުޅުކަން ދުނިޔޭގެ ހުރިހާ ޤައުމުތަކުގެ ތަޖުރިބާއިން ވަނީ ސާބިތުވެފައެވެ. 

ޤިޞާޞް ހިފުމާއި ދެކޮޅަށް ވަކާލާތުކުރަމުންދިއަ މީހެއްގެ ދަރިފުޅަށް ހަމަލާދީ މަރާލުމުން ވަގުތުން އެމިހާ ހޯދައި ބަޑިޖަހާ މަރާލިއެވެ. "ތިއަ ކުރި ކަމަކީ ޤިޞޯޞް ހިފުން ނޫންތޯ އާއި އަދި ޙުކުމް ތިއަ ނެރުނީ އަމިއްލައަށް ނޫންތޯ؟" ސުވާލުކުރުމުން ބުނީ މިހާރުވެސް ހަމަ ޤިޞޯޞް ހިފުމާއި ދެކޮޅު ކަމަށެވެ. 

ޤިޞޯޞް ހިފުމާ ދެކޮޅަށް ފައުޅުގައި ވަކާލާތުކުރާ މީހުންގެ ގައިގައި ޖެހުމުން ހީނލާފައި ފިރުމައިލަނީއެއްވެސް ނޫނެވެ. ވީމާ ޤިޞޯޞް ހިފުމާއި ދެކޮޅަށް ފާޑުކިޔައި ވަކާލާތުކުރާ މީހުންގެ ވިސްނުމާއިމެދު ގިނަބައަކު ކަންބޮޑުވެއެވެ.

 

މިއަދު އޮންލައިން