ހިތާމަވެރިކަން ކުރިމަތިވެވަޑައިގަތުމުން ރަސޫލް ޞޢވ ކުރެއްވެވި ބައެއް ދުޢާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ހިތާމަވެރިކަން ކުރިމަތިވެވަޑައިގަތުމުން ރަސޫލް ޞޢވ ކުރެއްވެވި ބައެއް ދުޢާ-

ހިތާމަތަކާއި ހިތްދަތިކަން ކުރިމަތިވުމަކީ އިންސާނާ ދުނިޔޭގައި ހޭދަކުރާ ޙަޔާތުގައި ހމެނިފައިވާ އެއްބައެވެ. އެހެންކަމުން ކޮންމެ މީހަކަށްވެސް އެފަދަ ޙާލަތުތައް މެދުވެރިވާނެއެވެ. ކިތަންމެ ގިނައިންވެސް މެދުވެރިވެދާނެއެވެ. އަހަރެމެންނަށް އޮތީ އެއީ ކުރިމަތިވާނެ ކަންކަން ކަމުގައި ޤަބޫލުކޮށް ސުންނަތަށް ޢަމަލުކުރުމެވެ. ﷲ ތަޢާލާއަށް ދުޢާކޮށް އެކަލާނގެ ޙަޟްރަތުން ވާގިއެދުމެވެ. 

ހިތާމަވެރިކަން ކުރިމަތިވާ ވަޤުތު ކުރާ ދުޢާ 

ހިތާމަވެރިކަން ކުރިމަތިވާ ވަޤުތު ނަބިއްޔާ صلى الله عليه وسلم މިފަދައިން ވިދާޅުވާކަމުގައިވެއެވެ. 

لَا إِلَهَ إِلَّا اللَّهُ الْعَظِيمُ الْحَلِيمُ.

"މަތިވެރިވެ ޙިލްމުވެރިވެވޮޑިގެންވާ ﷲ މެނުވީ އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ." 

لَا إِلَهَ إِلَّا اللَّهُ رَبُّ الْعَرْشِ الْعَظِيمِ.

"މަތިވެރި ޢަރުޝުގެ ވެރި ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ." 

لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ رَبُّ الْعَرْشِ الْكَرِيمِ.

 

"އުޑުތަކުގެ ވެރި ރައްބު، ބިމުގެ ވެރި ރައްބު އަދި މާތް ޢަރުޝުގެ ވެރި ރައްބުކަމުގައިވާ ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ." 

- ޙަދީޘް ރިވާކުރެއްވީ އިމާމް ބުޚާރީއާއި އިމާމް މުސްލިމް رحمهما الله

___________________________________

الأذكار والآداب – ޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله  

 

- އަލްއަޚް ޙުސައިން ޠާރިޤްގެ ލިޔުއްވުމަކުން

 

 

 

މިއަދު އޮންލައިން