ރަމަޟާން މަހު ފާފަނުކޮށް ތިބެފައި މަސް ނިމުމުން ފާފަކުރަން ބިރުނުގަންނަ މީހުން ވިސްނައިލުމަށް-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ރަމަޟާން މަހު ފާފަނުކޮށް ތިބެފައި މަސް ނިމުމުން ފާފަކުރަން ބިރުނުގަންނަ މީހުން ވިސްނައިލުމަށް-!

މިއަހަރުގެ ރަމަޟާން މަސް އަހަރެމެންނާއި ވަކިވެގެންދަނީ އެވެ. ބުނެލަންބޭނުންވަނީ ރަމަޟާން މަހު ކުރެވޭ ފާފައިގެ ޢަޛާބު ބޮޑުވާނެކަމުގެ ބިރަށް ގިނަ ބައަކު ތިބީ ފާފަކުރުމާއި ދުރުހެލިވެގެންނެވެ. އަދި ގިނަ ޘަވާބު ދެއްވަވާނެތީ ގިނައިން އަޅުކަންވެސް ކުރިއެވެ.

އަހުރެންގެ އިލްތިމާސަކީ ރަމަޟާން މަސް ނިމުމުންވެސް މިދެކަމުގައި ސާބިތުވުމެވެ. އެއީ ފާފަ ނުކުރުމާއި ހެޔޮ ޢަމަލުކުރުން ގިނަކުރުމެވެ. ރަމަޟާން މަސް ނިމުމުން ބިރުވެރިކަން ދޫކޮށްލައި ފާފަކުރުމުގެ މޫސުން ފެށުމުން ﷲ ތަޢާލާ ދެއްވަވާނެ ޢަޛާބަކީ ކުޑަ ޢަޛާބަކަށް ނުވާނެއެވެ.

ވީމާ ރަމަޟާން މަހު ފާފަކުރުމުން ދެއްވަވާނެ ޢަޛާބަށްވުރެ ކުޑަ ޢަޛާބެއް އެހެން މަސްތަކުގައި ފާފަކޮށްގެން ލިބިގަންނަން ހެޔޮވެދާނެ ހެއްޔެވެ؟ ނަރަކައިގެ ހޫނުންއުފެދޭ އާވިން ކިތަންމެ ކުޑަމިންވަރެއް ވައިރޯޅިއެއް ފަދައިން ތިބާގެ ގައިގައި ބީހިލާފައި ނެއްޓިގެންދިއަ ނަމަވެސް އެއީ ތިބާގެ ވިސްނުމުން އެހެން ހުރިހާ ކަމެއް ފިލައި ހިނގައިދާނެވަރުގެ ބޮޑު ޢަޛާބަކަށްވެގެންދާނެއެވެ.

އަދި ކީއްހެއްޔެވެ؟ ނަރަކައިގައި އެންމެ ކުޑަ ޢަޛާބް ލިބިވަޑައިގަންނަވާނީ އަބޫޠާލިބްއަށެވެ. އަބޫޠާލިބުގެ ފައިތިލަ ދަށުގައި ހަރުލާފައި އޮންނަ އަލިފާން އަނގުރުކޮޅަކުން އަރާހޫނުން ސިކުނޑި ހުންނާނީ އަބަދުވެސް ވިރިކެކިކެކިއެވެ.

ދެން ނިކަންބުނެބަލާށެވެ! އެހެން މަސްތަކުގައި ފާފަކުރުމުން ލިބޭނެކަމަށް ތިބުނާ ކުޑަ ޢަޛާބަކީ ކޮބައިހެއްޔެވެ؟ އެ ޢަޛާބަށް ތިބާއަށް ކެތްކުރެވޭނީ ހެއްޔެވެ؟ ހަމަހިލާ އެހެންކުން ނުވާނެއެވެ! އެންމެ ހިނދުކޮޅަކަށްވެސް ކެތެއް ނުކުރެވޭނެއެވެ.

--އިސްލާމީ ތިލފަތުގެ ދަރުސަކުން

މިއަދު އޮންލައިން