ﷲ ތަޢާލާ އެމީހަކު ދެކެ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ސިފަތައް ހުންނަ މީހަކީ ކާކުތޯ ޞަޙާބީއަކު ސުވާލުކުރެއްވެވިއެވެ. ޞަޙާބީ އެއްވެސް ޙާލެއްގައި މާނައެކުރެއްވެވީ އެމީހާ ހައްދަވާފައިވާ ސިފައިގެ ވާހަކައެއް ނޫނެވެ. ކުރު، ފަލަ، ދޮން ކަޅު ފަދަ ސިފައިގެ ވާހަކައެއް ނޫނެވެ. މާނައެކުރެއްވީ ކޮން ޢަމަލުތަކެއް ކުރާ މީހަކުތޯއެވެ؟
މިފަދަ ސުވާލެއް ކުރެވުމުން ގިނަ ބައެއްގެ ހިތަށް ވަންނާނީ، އެންމެ ތަޤްވާވެރި ނުވަތަ އެންމެ ގިނަ ހެޔޮ ޢަމަލުކުރުން ފަދަ ކަންކަމެވެ. ނަމަވެސް ލިބިވަޑައިގަތީ އެފަދަ ގޮތަކަށް ނޫނެވެ.
ޙަދީޘްފުޅުކުރެއްވެވީ އެއީ މީސްތަކުންނަށް އެންމެ ލޯބިކުރާ މީހާކަމަށެވެ. މާނައަކީ މީސްތަކުންނަށް އެންމެ ބޮޑަށް ހެޔޮކޮށް ހިތާ، މީސްތަކުންނަށް އެންމެ ދީލަތި ވުމެވެ.
ވީމާ އެނގިގެން މިދިއައީ ﷲ ތަޢާލާ އުފެއްދެވި އަޅުންނަށް ލޯބިކޮށް އެހީތެރިކަން ފޯރުކޮށްދިނުމުން ލިބެން އޮތް މަތިވެރި ދަރަޖައެވެ. ވީއިރު ތިމާގެ އަނބިދަރިންނަށާއި ޢާއިލާއަށް ލޯބިކޮށް އެހީތެރިވާންޖެހޭނެ މިންވަރު ނިކަން ހިތްމައްޗަށް ގެނެސްބަލާށެވެ! އެކަންކަން ނުކޮށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގަންނާނީ ނުވަތަ ހޯދޭނީ ކިހިނަކުން ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން