މާދަމާއަކީ ފިޠުރު ޢީދު ދުވަސްކަމަށް ކަނޑައަޅައިފި! ޢީދު މުބާރިކް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
މާދަމާއަކީ ފިޠުރު ޢީދު ދުވަސްކަމަށް ކަނޑައަޅައިފި! ޢީދު މުބާރިކް!

މާދަމާއަކީ ފިޠުރު ޢީދު ދުވަސްކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ. ޢީދު މުބާރިކް!

މިރެއަށް އިރު އޮއްސޭއިރު ހަނދު ހުންނާނީ ފެނުން އެކަށީގެންވާ ހިސާބެއްގައިކަމަށް ދުނިޔޭގެ މަޝްހޫރު ޢިލްމުވެރިން ކަނޑައަޅުއްވައި ކުރިއާލައި ބަޔާންކުރައްވާފައިވާތީ ބައެއް މިސްކިތްތަކުގައި މިރޭގެ ތަރާވީޙް ނަމާދު ފަށަމުން އިމާމުން ވިދާޅުވީ "މިރޭ ތަރާވީޙް ނަމާދު މިކުރަނީ ކުރަން އިސްލާމިކް މިނިސްޓްރީން އަންގަވާފައިވާތީ" ކަމަށެވެ. އެމޭރުމުން ވިދާޅުވުމުން ގިނަ ބައަކު ވަނީ ތަރާވީޙް ނަމާދު ނުކޮށް ފައިބައިފައެވެ. 

ބައެއް އިމާމުން ފާހަގަކުރެއްވި ގޮތުގައި ތަރާވީޙް ނަމާދުކުރަން ފަށަނީ ރަމަޟާން މަސް ފެށުމުން ކަމަށް ކަނޑައެޅުމުން ކަމަށްވާއިރު ޢީދަށް ހަނދުބަލާރޭ ތަރާވީޙް ނަމާދުކުރަންވާނީވެސް ހަނދާއިމެދު ގޮތެއް ކަނޑައެޅުމަށްފަހުގައެވެ. 

ސަޢުދި ޢަރަބިޔާއިން ބުނެފައިވަނީ ހަނދު ފެނިފައިވާ ކަމަށާއި އެހެންކަމުން މިއަދު (ބުރާސްފަތި ދުވަހަކީ) ރަމަޟާން މަހުގެ 29 ވަނަ ދުވަހަކީ މިއަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށާއި މާދަމާ (ހުކުރު ދުވަހަކީ) މިއަހަރުގެ ފިޠުރު ޢީދު ދުވަސްކަމަށް ހަނދުބެލުމާއިބެހޭ ކޮމިޓީން ކަނޑައަޅާފައިވާ ކަމަށެވެ.

 

މިއަދު އޮންލައިން