ރަމަޟާން މަހު ކުރި އަޅުކަން ޤަބޫލުކުރެއްވެވުން އެދި ދުޢާކުރުން ގިނަކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ރަމަޟާން މަހު ކުރި އަޅުކަން ޤަބޫލުކުރެއްވެވުން އެދި ދުޢާކުރުން ގިނަކުރައްވާ!

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާއި ވަކިވެގެންދިއައީއެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކު ވަނީ ރަމަޟާން މަހުގެ ޘަވާބާއި ދަރުމައަށް އެދި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަޅުކަންކުރުމުގައި ގިނަ ވަޤުތުތަކެއް ހޭދަކޮށްފައެވެ. 

ދެން އޮތީ އެންމެ މުހިންމު ބައެވެ. އެއީ ކުރިއަޅުކަން ޤަބޫލުފުޅު ކުރެއްވެވުން އެދި ދުޢާކުރުމެވެ. އަމިއްލަ ނަފްސަށްވެސް ދިޢާކުރާފަދައިން އެހެން އަޚުންނާއި އުޚުތުންނަށްވެސް ދުޢާކުރައްވަމުން ގެންދަވާށެވެ. 

އެކަމުގައި ޞަޙާބީން ޢަމަލުފުޅުކުރެއްވެވި ގޮތަށް ބަލާއިރު ރަމަޟާން މަސް ނިމުމުން ކުރިއަސް އޮތް 6 މަސްދުވަހު އެބޭކަލުން ވަނީ އެބޭކަލުން ރަމަޟާން މަހު ކުރެއްވެވި އަޅުކަން ޤަބޫލުފުޅު ކުރެއްވެވުން އެދިވަޑައިގެން ދުޢާކުރައްވަވައިފައެވެ. އަޅުގަނޑުމެންނަށްވެސް އޮތީ ހަމައެފަދައިން ޢަމަލުކުރުމެވެ!

 

މިއަދު އޮންލައިން