ޤާސިމް އިބްރާހީމް ފިތުރު ޢީދުގެ ތަހުނިޔާ ފޮނުއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 46ސ
ޤާސިމް އިބްރާހީމް ފިތުރު ޢީދުގެ ތަހުނިޔާ ފޮނުއްވައިފި

ވިލާ ގުރޫޕްގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ޤާސިމް އިބްރާހީމް މިއަހަރުގެ ފިތުރު ޢީދުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ޤާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އެންމެހާ ލޮބުވެތި ދިވެހިރައްޔިތުންނާއި، އެންމެހާ މުސްލިމު އަޚުންނާއި އުޚުތުންނަށް އަރިސްކުރާ ކަމަށާއި ރަމަޟާން މަހުގައި އަޅުގަނޑުމެން ހިފިރޯދަތަކާއި، އަޅަމެންކުރި އެންމެހާ ހެޔޮ ޢަމަލުތައް ﷲ ތަޢާލާ ހަޟްރަތުގައި ޤަބޫލުވެވިގެންވާ ހެޔޮ ޢަމަލުތައްކަމުގައި ލެއްވުން އެދި ދުޢާކުރާ ކަމަށެވެ.

މީގެ އިތުރުން، މި މަތިވެރި ޢީދުގައި އަޅަމެންގެ މެދުގައި އީމާންކަމާއި، އިޙްސާންތެރިކަމާއި، އެކުވެރިކަމާއި، އިސްލާމީ އަޚުވަންތަކަން އިތުރުކުރައްވައި، ދިންނަވާ ނަސީބުލިބިގެންވާ ބަޔަކު ކަމުގައި އަޅަމެން އެންމެން ލެއްވުމަށްވެސް އެމަނިކުފާނު ދުޢާ ދެންނެވިއެވެ.

މިއަދު އޮންލައިން