ރަމަޞާން މަސް ނިމުނަސް އަޅުކަމާ ދުރުވާން ހެޔޮނުވާނެ!: ޑރ. ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ރަމަޞާން މަސް ނިމުނަސް އަޅުކަމާ ދުރުވާން ހެޔޮނުވާނެ!: ޑރ. ޢަލީ ޒާހިރު

ރަސޫލާ އެދުވަހު ޞަޙާބީންނާއި ސުވާލުތަކެއް ކުރެއްވެވިއެވެ. އެދުވަހު މިވެނި އަޅުކަމެއް ކުރެއްވެވީ ކޮންބޭކަލެއްތޯއެވެ؟ ކުރެއްވެވި ހުރިހާ ސުވާލުތަކެއްގެ ޖަވާބުގައި "އެއަޅުކަން ތިމަން ކަލޭގެފާނު ކުރެއްވެވީމޭ" ވިދާޅުވެވުނީ އަބޫބަކުރުގެފާނަށެވެ. އެހިނދު ޙަދީޘްފުޅު ކުރެއްވެވީ އެފަދައިން އަޅިކަންކުރާނަމަ އެމީހަކަށް ސުވަރުގެ ދެއްވަވާނެ ކަމުގެ އުފާވެރި ޚަބަރެވެ. ވީމާ ސުވަރުގެ ލިބެން އޮތީ އަޅުކަންކޮށްގެންނެވެ. 

އަޅުގަނޑުމެންނަށް ސުވަރުގެ ދެވެން އޮތީ އެކަމަށް މަސައްކަތްކޮށްގެންނެވެ. އެމަސައްކަތުގައި ދޫދީގެންވާކަށް ނެތެވެ. އޮތީ އެއްވާނެއްގައި ހިފަހައްޓައިލުމެވެ. ރަމަޟާން މަސް ނިމުމުން ކަންނެތްވެގެން މަޤްޞަދު ޙާޞިލުކުރެވޭކަށް ނެތެވެ. އެމީހަކަށް ކުރެވޭވަރަކުން ހެޔޮޢަމަލުތައްކުރުންމަތީގައި ދެމިތިބެންވާނެއެވެ. 

ރަމަޟާން މަސް ނިމުމުން ފަރުޟު ރޯދަ ހިފައިނިމުނީއެވެ. ވިދިގެން މިއަންނަނީ އެހަމެ މުހިންމުކަން ބޮޑު 6 ރޯދައެވެ. ހަމައެއާއެކު ސުންނަތް ރޯދަތައް ހިފަން އޮތް ދުވަސްތައް މުޅި އަހަރުގައިވެސް ވަނީ ހިމެނިފައެވެ. 

- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސް އަޑު އައްސަވައިލެއްވުމަށް:

 

 

 

 

މިއަދު އޮންލައިން