މާބޮޑެތި ބުއްދިވެރިން ކަމަށް ހެދިގެން މިއުޅޭ މީހުންނަކީ ބޮޑެތި މޮޔައިން ކަމަށް ބުނެފިނަމަ އެމީހުން ރުޅި އަންނާނެއެވެ! އެކަމަކު އެއީ ހަމަ ބޮޑޭތި މޮޔައިންނެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
މާބޮޑެތި ބުއްދިވެރިން ކަމަށް ހެދިގެން މިއުޅޭ މީހުންނަކީ ބޮޑެތި މޮޔައިން ކަމަށް ބުނެފިނަމަ އެމީހުން ރުޅި އަންނާނެއެވެ! އެކަމަކު އެއީ ހަމަ ބޮޑޭތި މޮޔައިންނެވެ!: މުފްތީ މެންކް

އަހުރެމެންގެ ތެރެއިން އެންމެ ބޮޑެތި ބުއްދިވެރިންކަމަށް ދަޢުވާކުރާ އެއްބައަކީ އެމީހުންގެ ޙަޔާތުގެ ހުރިހާ ވަޤުތުތަކެއް އެކަމަށް ހޭދަކޮށްގެން ގިނަ ފައިސާތަކެއް އެއްކުރެވޭ، ބޭންކަށް ޖަމާކުރެވޭ މީހުންނެވެ.  

ދެވަނަ ބައަކީ މީހަކާއި ނުވަތަ ބައަކާއި ތަޅާފޮޅައިގެން ނަމަވެސް ކިތަންމެ ބޮޑު ހޭދަތަކެއް ކޮށްގެން ނަމަވެސް، އަދި ދީނުން ބޭރުވެ ސިޙުރުހާހޫރަ ހަދައިގެން ނަމަވެސް ރީތި އަންހެނުން ހޯދާ މީހުންނެވެ.   

ދެން ނިކަން ބުނެބަލާށެވެ! އެއީ ހަމަ ޙަޤީޤީ ބުއްދިވެރިންނަށް ވެވޭނީ ކިހިނަކުންހެއްޔެވެ؟ އެއީ އެންމެ ބޮޑެތި މޮޔައިން ކަމަށް ނުވާނީ ކީއްވެގެން ހެއްޔެވެ؟ އަހުރެން މިކަނޑައަޅަނީ އެއީ އެންމެ ބޮޑެތި މޮޔައިން ކަމަށެވެ.  

ސަބަބު މިކިޔައިދެނީއެވެ. ދުނިޔޭގައި މީސްތަކުން މިއަދު ހަލާކުވަމުން މިދަނީ ފައިސާ އާއި އަންހެނުންގެ ދަހިވެތިކަމުގައެވެ. ޢާއިލާތަކުގައި މައްސަލަ ޖެހި ޙަސަދަވެރިވަމުން މިދަނީވެސް. އަދި ރައްޓެހި ރަޙްމަތްތެރިން ޙަސަދަވެރިންނަށް ބަދަލުވަމުން މިދަނީވެސް ހަމަ އަންހެނުންނާއި ފައިސާގެ ދަހިވެތިކަން ބޮޑުވެގެންނެވެ.   

ދެން ނިކަން ބުނެބަލާށެވެ! މިއިން އެއްވެސް ނިޢްމަތަކީ އެމީހަކާއިއެކު ދާއިމަށް ދެމިގެންވާނެ ނިޢްމަތެއް ހެއްޔެވެ؟ ހަމަ ޔަޤީނުންވެސް މި 2 ނިޢްމަތަކީވެސް އެމީހަކާއި ވަކިވެގެންދާނެ ނިޢްމަތެވެ. އެ ދެ ނިޢުމަތުގެ ތެރެއިންވެސް ﷲ ތަޢާލާގެ މަގުގައި ހިފި ބޭނުމެއް ފިޔަވައެވެ.  

މީސްތަކުންނޭވެ! ފައިސާ އާއި އަންހެނުންގެ ދަހިވެތިކަމުގައި ޙަސަދަވެރިން ކަމުގައި ނުވާށެވެ! ﷲ ތަޢާލާގެ އިންތަކުގެ ބޭރުން ވާދަކުރާ ބައަކު ކަމުގައިވެސް ނުވާށެވެ! އޭނާ ތިބާއަސް ލިބެންޖެހޭ ފައިސާތަކެއް ނުޙައްޤުން ލިބިގަތީއެވެ. ދަރަނި ނަގާފައި ނުދެއްކީއެވެ. އެއްބަސްވުމުގައިވާ ގޮތަށް ޢަމަލުކޮށްލާފައި ދެން އަޅައިވެސް ނުލާށެވެ! އެއްބަސްވުމެއް ނެތްނަމަ ﷲ ތަޢާލާއަށް ވަކީލްކޮށްލާށެވެ.  

އަނބިމީހާ ނުވަތަ ފިރިމީހާ ޖަހައިގަތީއެވެ. ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟ ދުނިޔެއިން އަނހެނުން ނުވަތަ ފިރިހެނުން ހުސްވީހެއްޔެވެ؟ އަޅައިވެސް ނުލައި ދެވަނަ ކައިވެނިކުރަން އަވަސްވެގަންނާށެވެ. ކުރިން މިބަޔާންކުރި ފަދަ އެންމެ ބޮޑެތި މޮޔައިންކަމުގައިވެ ދުނިޔެއިން މޮޔަނުވާށެވެ!  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން