ހަމައެކަނި ރަމަޟާން މަހު އަޅުކަންކުރާމީހަކީ އަޅުކަންކުރި މީހަކަށް ނުވާނެ!: ޑރ. ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ހަމައެކަނި ރަމަޟާން މަހު އަޅުކަންކުރާމީހަކީ އަޅުކަންކުރި މީހަކަށް ނުވާނެ!: ޑރ. ޢަލީ ޒާހިރު

މީސްތަކުންނޭވެ! ރަމަޟާން މަހުގައި އަޅުގަނޑުމެން ވަރަށް ގިނަ ހެޔޮ ޢަމަލުތަކެއް ކޮށްފީމުއެވެ. ގިނަ ބައަކު ޚަތިމްކޮށްފިއެވެ. ނަމާދުކުރިއެވެ. ޞަދަޤާތްދިނެވެ. ގާތްތިމާގެ މީހުންގެ ޙާލު ބެލިއެވެ. ސުވާލަކީ ރަމަމާން މަހަށް ފަހުގައި މިސްކިތްތައް ފަޅުކޮށްލާނީ ހެއްޔެވެ؟ ކުރަމުން އައި ހެޔޮ ޢަމަލުތައް ކުރުން އަނެއްކާވެސް ދެން އަންނަ ރަމަޟާން މަހާއި ބައްދަލުވަންދެން މަޑުޖައްސައިލާނީ ހެއްޔެވެ؟ 

އެގޮތަށް ކަންކަން ކޮށްފިނަމަ އަޅުގަނޑުމެން ރަމަޟާންމަހުގައި އަޅުކަންކުރިކަމަކަށް ނުވާނެއެވެ! ވާނީ ޘަޤާފަތެއްގެ ގޮތުން ލޮށްލި ކަންކަމަށެވެ. މީސްތަކުން މިސްކިތަށް އަރައި އުޅޭތީ އަރައިލީ ކަމަށެވެ. އެހެނީ ﷲ ތަޢާލާގެ ޙަޟްރަތުން ދަރުމައަށް އެދިގެން އަޅުކަންކުރާ މީހަކު އަޅުކަންކުރާ މީހަކު އަޅުކަންކުރާނީ ހަމައެކަނި ރަމަމާން މަހަކު ނޫނެވެ. 

އިމާމް އަޙްމަދު ބަޔާންކުރައްވަވާފައިވާ ގޮތުގައި ހެޔޮ ނިޔަތުގައި އަޅުކަންކުރާ މީހަކަށް އެކަމުގެ ހިތްހަމަޖެހުން ލިބޭނީ ސުވަރުގެ ވަންނަން އެއްފިޔަވަޅު ސުވަރުގޭގައި އެޅުމުން ކަމަށެވެ. އެނގިގެން މިދަނީ ހެޔޮ ނިޔަތުގައި އަޅުކަންކުރާ މީހަކުނަމަ އަބަދުވެސް ހުންނަންވާނީ އަޅުކަންކުރުމުގައި ކަމެވެ. 

ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު ޢަމަލަކީ ކުޑަ ހެޔޮ ޢަމަލެއް ނަމަވެސް އެ ޢަމަލެއްކުރުން މަތީގައި ދެމިހުންނަ ޢަމަލެވެ. ވީމާ ރަމަމާން މަހު އަޅުކަންކޮށްފައި ރަމަމާން މަސް ދިއުމުން އަޅުކަމާއި ދުރުހެލިވާން ހެޔޮ ނުވާނެއެވެ! 

ރަމަޟާން މަހު ކުރި ވަރަށް އަޅުކަންނުކުރެވުނު ނަމަވެސް ރަމަޟާން މަސްދިއުމުންވެސް ދެމިތިބެންވާނީ އަޅުކަންކުރުމުގައެވެ. ﷲ ތަޢާލާގެ މަގުގައި ތިބާއަށް ގޮވައިލެވޭ ކޮންމެ ތަނަކުން ފެންނަންވާނެއެވެ. ޙަރާމްކުރެއްވެވި ކަންކަން ކުރާ ތަނަކުން ފެނިގެން ނުވާނެއެވެ. 

މީސްތަކުންނޭވެ! އެމީހާގެ ޢަމަލުތައްވާނީ އެމީހާ ނިމިދިއަ ގޮތެއްގެ މަތީގައެވެ. ހެޔޮ ޢަމަލުކުރުމުގައި ދެމިހުންނަ މީހާ ނިމިދާނީ ހެޔޮޢަމަލުކުރުންމަތީގައެވެ. ހެޔޮކަންކަން ކުރުން ދޫކޮށްލައި ނުބައި މަގުން ހިނގައްޖެ މީހާގެ ނިމުން ނުބައި ގޮތުގައި އެމީހަކާއި ބައްދަލުކުރުން ގާތެވެ.

ހެޔޮ ޢަމަލުކުރުންމަތީގައި ނިމިއްޖެ މީހާ ﷲ ގެ ދަރުބާރަށް ޙާޒިރުކުރެވޭނީ ހެޔޮޢަމަލުކުރި މީހެއްގެ ގޮތުގައެވެ. އުންމީދުކޮށްގެން މަސައްކަތްކުރަންވީ އެފަދަ މީހަކު ކަމުގައިވުމަށެވެ. 

- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސް އަޑު އައްސަވައިލެއްވުމަށް:

 

މިއަދު އޮންލައިން