ރަމަޟާންމަހަށްފަހު އެންމެ މުހިންމު ކަންތަކަށް ސަމާލުކަން ނުދެވޭނަމަ ކުރިއަޅުކަން ގެއްލި ހުސްވެދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ރަމަޟާންމަހަށްފަހު އެންމެ މުހިންމު ކަންތަކަށް ސަމާލުކަން ނުދެވޭނަމަ ކުރިއަޅުކަން ގެއްލި ހުސްވެދާނެ!

މިއަދުނޫހުގެ މިއަދުގެ ޢަދަދު ޚާއްޞަ "ރަމަޟާންމަހަށްފަހަށް" ޚާއްޞަކުރި ސަބަބުގެ ވާހަކަ ކިޔުންތެރިންނަށް ދަންނަވައިލާނަމެވެ. އެ ސަބަބަކީ ރަމަމާން މަހު ބުރަކޮށް މަސައްކަތްކޮށް ގިނަ އަޅުކަންތައްތަކެއް ކުރުމަށްފަހުގައިވެސް ގިނަ ބައަކަށް އެމީހުންކުރި މަސައްކަތް ނަގައިލެވޭތީއެވެ. މިއަދުނޫހުގައި މިމަޢުޟޫއަށް 6 ލިޔުން ހިމަނައިލީ ހަމަ މިކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ.

6 ދަރުސް ރަނގަޅަށް ސަމާލުކަން ދެއްވައިގެން ވިދާޅުވެއްޖެނަމަ، އަދި ދަރުސްގެ އޯޑިއޯ އަޑުއައްސަވައިފިނަމަ އެމީހާގެ މުސްތަޤްބަލަށް ބޮޑެތި ފައިދާތަކެއްކުރާނެއެވެ. ދުނިޔެއާއި އާޚިރަތް ކާމިޔާބުކުރަން އެތައް ގޮތަކުން މަގުފަހިވެގެންދާނެއެވެ. އިން ޝާ ﷲ 

ކޮންމެ ކަމަކަށް ބެލިނަމަވެސް އެކަމެއް ކުރުމަށްވުރެ އުނދަގުލީ އެކަމެއް ދެމެހެއްޓުމެވެ. އެއީ ދުނިޔަވީ ކަންކަމުގައިވެސް ފެނި ތަޖުރިބާކުރެވެމުން އަންނަ ކަމެކެވެ. ދުޢާއަކީ ނިމިގެން މިދިއަ ރަމަޟާން މަހު ކުރި އަޅުކަމުގެ ފައިދާ ދުނިޔެއާއި އާޚިރަތުގައި ލިބިގެންދާނެ ގޮތަށް ޢަމަލުތައް ބެހެއްޓުމުގެ ތައުފީޤް ﷲ ތަޢާލާ އަޅަމެން އެންމެންނަށް ދެއްވެވުމެވެ. އާމީން   

މިއަދު އޮންލައިން