ރޭއަޅުކަން ކުރުމުގައިވެސް ބަލަންވީ އެމީހަކަށް ބުރއަކަށްނުވެ ދާއިމީ ގޮތަކަށް ކުރެވޭނެ މިންވަރަށެވެ. އެއްރޭ ގިނައިރުތަކެއްވަންދެން އަޅުކަންކޮށްފައި އެތައް ދުވަހަކު ނުކޮށް ހުރުމެއް ނެތެވެ. އޮތީ ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ދާއިމީ ގޮތެއްގައި ކުރެވޭނެ މިންވަރަކަށް ކުރުންމަތީގައި ދެމިހުރުމެވެ.
އަޅުކަންކުރުން ހުއްޓާލައިގެން ނުވާނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ މަރު އައިސް އެމީހަކާއި ބައްދަލުކުރަންދެން އަޅުކަންކުރުމުގައި ދެމިހުރުމަށެވެ.
- ޝައިޚް މުޙައްމަދު އަނީލްގެ ދަރުސް އަޑު އައްސަވައިލެއްވުމަށް: