ދެމަފިރިން އެންމެ އެދޭނެ ކަންކަން ކުރުންވެސް ލައްވަވާފައިވަނީ ޘަވާބު ދެއްވަވާ އަޅުކަމުގެ ތެރެއިންކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ދެމަފިރިން އެންމެ އެދޭނެ ކަންކަން ކުރުންވެސް ލައްވަވާފައިވަނީ ޘަވާބު ދެއްވަވާ އަޅުކަމުގެ ތެރެއިންކަން އެނގޭތަ؟

މީސްތަކުންނަށް ﷲ ތަޢާލާ ދިރުމާއި މަރުވުން ދެއްވެވި ސަބަބު އެނގިގެން ނޫނީ ހަޔާތް ކާމިޔާބެއް ނުކުރެވޭނެއެވެ. ވީމާ އެންމެންނަކީ އެކަމަށް ވިސްނައި ފިކުރު ކުރަން ޖެހޭނެ މީހެކެވެ.

ﷲ ތަޢާލާ މީސްތަކުންނަށް ދިރުމާއި މަރުވުން ދެއްވެވީ ހަމަ އެންމެ ބޭނުމަކުއެވެ. އެއީ މީސްތަކުންގެ ތެރެއިން އެންމެ ގިނައިން ހެޔޮ އަމަލު ކުރަނީ ކާކުކަން ބެއްލެވުމަށެވެ. ވީމާ ދުނިޔޭގައި ހޭދަކުރާ ކޮންމެ ދުވަހަކީ އެކަން އިމްތިޙާން ކުރެވޭ ދުވަހެކެވެ.

މަރުވުމާއި ހަމައަށް މި އިމްތިޙާން ދެމިގެންވެއެވެ. އިމްތިޙާން ނިމޭނީ މަރުވުމުންނެވެ. މި އިމްތިހާނުން ފާސްވާނީ ދުނިޔޭގައި ހުންނަ ކޮނަމެ ދުވަހަކުވެސް ﷲ ތަޢާލާ އެނގެވި ގޮތުގައި ސާބިތުވެ ހުރުމަށް ގަދައަޅައި މަސައްކަތްކުރާ މީހެކެވެ.

ﷲ ތަޢާލާއަށް އަޅުކަންކުރުމަށް ބުނުމުން އެތީސްޓުންފަދަ ވިސްނުމުގައި މައްސަލަ ހުންނަ މީހުން ތިއައީ "ހާދަ ދަހިވެތި" ކަލެއް ކަމަށް އެބަބުނެއެވެ. އެމީހުންނަށް ވިސްނިފައި އޮންނަނީ އަޅުކަންކުރަނީ ﷲ ތަޢާލާގެ މަންފާއަށް ކަމަށެވެ. އަހަރެމެންގެ ތެރެއިން ގިނަ ބައަކު އެންމެ އުފާވާ ނުވަތަ ޙާޞިލުކުރަން އެންމެ ބޮޑަށް ބޭނުންވާ އުފާކަމުގައިވާ ދެމަފިރިކަމުގެ ގުޅުން ހިންގައި ދެމަފިރިން ހިތްހަމަޖެހުން ލިބިގަތުމަކީވެސް އަޅުކަމެއްކަމެއް އެމީހުންނަކަށް ނުއެނގެއެވެ.

ނިކަން ވިސްނައިލަބަލާށެވެ! ކައިވެނިކުރެވުމުން ދެމަފިރިން އެންމެ ބޮޑަށް ބޭނުންވާނީ ދެމަފިރިކަމުގެ ގުޅުމަށެވެ! ﷲ ތަޢާލާ އެކަންވެސް ލައްވަވާފައިއެވަނީ ޘަވާބު ދެއްވަވާ އަޅުކަމެއްގެ ގޮތުގައެވެ! ވީމާ ﷲ ތަޢާލާގެ ދީލަތިވަންތަކަމާއި އޯގާތެރިވަންތަކމުގައި އިމެއް އެބައޮތް ހެއްޔެވެ؟

މިކަންކަމަށް ވިސްނައި ޝުކުރުވެރިވާ އަޅުންގެތެރޭގައިވާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން