ޒަވާޖީ ޙަޔާތަށް އުޖާލާކަން ލިބި މުޅި ކައުނަށް އަލިކޮށްދޭ ވޮށަކަށްވެގެންދާނެޢަމަލު- އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ޒަވާޖީ ޙަޔާތަށް އުޖާލާކަން ލިބި މުޅި ކައުނަށް އަލިކޮށްދޭ ވޮށަކަށްވެގެންދާނެޢަމަލު- އިން ޝާ ﷲ

ﷲ ތަޢާލާއަށް އުރެދުމަކަށް ނުވާ، ދިރިއުޅުމަށް ގެއްލުމެއް ނުލިބޭނެ ކޮންމެ ކަމެއްގައި ބައިވެރިޔާއަށް ދޫދޭށެވެ! ބައިވެރިޔާ އެދޭގޮތަށް ދީލައިވެސްލާށެވެ! އެންމެ އުފާވެރި ދިރިއުޅުމެއް ލިބެނީ ދޫދީގެން ދިރިއުޅެން މަސައްކަތްކުރުމުންނެވެ. 

ދޫދިނުމަކީ ދެރަވުމެއް ނޫނެވެ. ގަދަވުމެވެ! ކުރާނެ ފައިދާ ބޮޑުކަމުންނެވެ! 

ތިބާއަށް އެކަމަކުން އުފާވެރިކަން ނުލިބުނު ނަމަވެސް ބައިވެރިޔާ އުފާވާ ކަންކަން ކޮށްދޭށެވެ! އެކަންކަން ކޮށްދިނުމުން ބައިވެރިޔާގެ ކިބައިން ލިބޭ ލޯބިން ތިބާއަށް ބޭނުންވާ އުފާވެރިކަން ލިބުމަށް އެދޭށެވެ! ލިބި އިތުރުވެސްވާނެއެވެ! އިން ޝާ ﷲ 

ހިތިރަހަލާ ބޭސްކަނީ މީރުވެގެނެއް ނޫނެވެ. އެއިން ލިބޭ ޝިފާއަށް ބޭނުންވާތީއެވެ. ވީމާ ދެމަފިރިން އެކަކު އަނެކަކަށް ދޫދީ މާފުކުރަންޖެހޭ ކަންކަމުގަ އެކަންކުރާށެވެ! ޒަވާޖީ ޙަޔާތަށް  އުޖާލާކަން ލިބި މުޅި ކައުނަށް އަލިކޮށްދޭ ވޮށަކަށްވެގެންދާނެއެވެ! އިން ޝާ ﷲ 

- އަލަފް 

 

 

 

މިއަދު އޮންލައިން