ޙައިޟުގެ ދުވަސްވަރު ކުރިމަތިވާ ކަމަކުން ޝިފާއަށް އެދި ޤުރްއާން ކިޔެވިދާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ޙައިޟުގެ ދުވަސްވަރު ކުރިމަތިވާ ކަމަކުން ޝިފާއަށް އެދި ޤުރްއާން ކިޔެވިދާނެތޯ؟

ޝިފާއަށް އެދި ސޫރަތުލްފާތިޙާ (އަލްޙަމްދް) އާއި އެނޫންވެސް ބައެއް އާޔަތްތައް ކިޔަވަމުއެވެ. އެހެންކަމުން ޙައިޟުގެ ދުވަސްވަރު ކުރިމަތިވާ ކަމަކުން ޝިފާއަށް އެދި ޤުރްއާން ކިޔެވިދާނެތޯ ކިޔުންތެރިން ސުވާލުކުރެއެވެ. 

މިފަދަ މޭރުމުން ސުވާލުކުރައްވާ ބޭފުޅުންނަށް ދަންނަވާލަން އޮތީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ ބަސްފުޅެކެވެ.  

"ޙައިޟުވެރިޔާއާއި ނިފާސްވެރިޔާ އަށް ދުޢާތަކާއި ގުރްއާން ކިޔެވުމަކީ ހުއްދަކަމެކެވެ. އެހެންނަމެސް މުޞްޙަފްގައި އަތް ނުލައެވ ޙައިޟުވެރިޔާ އާއި ނިފާސްވެރިޔާ ގުރްއާން ނުކިޔެވޭނެކަމަށް އައިސްފައިވާ ޙަދީޘަކީ ބަލި ޙަދީޘެކެވެ. އެހެންކަމުން އެޙަދީޘުން ދަލީލެއް ނުނެގޭނެއެވެ. ގުރްއާން ކިޔެވުން މަނާކުރައްވާފައިވަނީ ޖުނުބުވެރިޔާ ޖުނުބުވެރިކަން މަތީ ހުރެގެންނެވެ." واللهأعلم

މިއަދު އޮންލައިން