ސުވަރުގެއިން މުޅި ދުނިޔެއަށްވުރެ މާފުރިހަމަ ގަނޑުވަރެއް ލިބުނީމާ ފްލެޓް ނުލިބިގެން ވާންޖެހުނު ކަންބޮޑުވުންމަތިން ހަނދާންވެސް ނުހުންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ސުވަރުގެއިން މުޅި ދުނިޔެއަށްވުރެ މާފުރިހަމަ ގަނޑުވަރެއް ލިބުނީމާ ފްލެޓް ނުލިބިގެން ވާންޖެހުނު ކަންބޮޑުވުންމަތިން ހަނދާންވެސް ނުހުންނާނެ!

މުޅިދުނިޔެއަށްވުރެ މާފުރިހަމަ ގަނޑުވަރެއް ހޯދަން މިހާރުވެސް އެތައް ބައަކު ދަނީ ހަމަ ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ. ރަމަޟާން މަސް ފެށުމާއިއެކު ގިނަބައަކު ވަނީ އެކަމަށް ދަހިވެތިވެ މަސައްކަތްކުރަން ފެށިއެވެ. އެވަރަކުން ނުފުދޭނެއެވެ. ރަމަމާން މަހަށްފަހުގައިވެސް އެ ަމސައްކަތް ވާނީ ކުރިއަށް ގެންދާށށެވެ.   

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ފޯމުލައިލައިވެސް ފްލެޓް ލިބޭ ބައެއް ނޫނެވެ. އެމީހުންގެ ކިބައިގައި ތަނަވަސްކަން ނެތުމުން ދުނިޔެއިން އަމިއްލަ ގެދޮރު ހޯދުމުގެ ކުޅަދާނަކަން ވެސް ލިބިފައި ނުވާ ބައެކެވެ. 

ނަމަވެސް އުފާވެރި ޚަބަރަކީ ކިތަންމެ އަތްމަތި ދަތި މީހަކަށް ނަމަވެސް، ލީއެއްވެސް ފޯމަކަށް ފްލެޓް ނުލިބުނު ނަމަވެސް ކޮންމެ މީހަކަށްވެސް މުޅި ދުނިޔެއަށްވުރެ ވެސް މާފުރިހަމަ ގަނޑުވަރެއް ސުވަރުގެއިން ހޯދިދާނެ ކަމެވެ. 

އެކަން ކަށަވަރުކުރަން ކުރަން އޮތީވެސް ވަރަށް ފަސޭހައިން ކޮށްލެވެން އޮތް ކަމެކެވެ. އެއީ ފަރުޟު 5 ނަމާދާއިއެކު ރަވާތިބު ސުންނަތުގެ 12 ރަކްޢަތް ކުރަމުން ގެންދިއުމެވެ. 

ރަވާތިބު ސުންނަތުގައި ހިމެނޭ 12 ރަކްޢަތަކީ ފަތިސް ނަމާދުގެ ކުރިން ކުރާ 2 ރަކްއަތާއި މެންދުރު ނަމާދުކުރިން ކުރާ 4 ރަކްޢަތާއި މެންދުރު ނަމާދުގެ ފަހުން ކުރާ 2 ރަކްޢަތާއި މަޣްރިބް ނަމާދުގެ ފަހުން ކުރާ 2 ރަކްޢަތާއި ޢިޝާ ނަމާދުގެ ފަހުން ކުރާ 2 ރަކްޢަތެވެ. މި 12 ރަކްޢަތަކީ ރަވާތިބު ސުންނަތުގައި ހިމެނޭ 12 ރަކްޢަތެވެ. ވީމާ ސުވަރުގެއިން ގެއެއް ލިބުމަށް އެދޭ މީހާ މި 12 ރަކްޢަތް ކުރުން މަތީގައި ދެމިހުންނާށެވެ. މިއީ ޞަޙީހް ޙަދީޘްފުޅުން ސާބިތުވާ ކަމެކެވެ. 

މީގެ އިތުރުން ޢަޞްރު ނަމާދުގެ ކުރިން 4 ރަކްޢަތް (2 ރަކްޢަތުން) ކޮށްފި މީހަކަށް ﷲ ތައާލާ ރަހްމަތް ލައްވަވާނެ ކަމަށް ހަދީޘްގައި ބަޔާންވެގެންވެއެވެ. އަދި މަޣްރިބް ނަމާދުގެ ކުރިންނާއި ޢިޝާ ނަމާދުގެ ކުރިން 2 ރަކްޢަތް ކުރަން ބޭނުން މީހަކަށް އެކަން ކުރަން ވެސް ވަނީ ހަދީޘްފުޅު ކުރައްވަވައިފައެވެ. ނަމަވެސް މި 8 ރަކްޢަތް ރަސޫލް () ކުރެއްވެވިކަން އެނގޭކަށް ނެތެވެ. 

- -މަޢުލޫމާތު: އިމާމް އިބްރާހީމް ރަޝީދުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން