ލޯބިވެރިޔާ ލިބުން އެދިގެންވެސް އޮތީ ދުޢާކުރުން- ފަންޑިތަހަދާ މީހުންގެ ގާތަށް ދިއުމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ލޯބިވެރިޔާ ލިބުން އެދިގެންވެސް އޮތީ ދުޢާކުރުން- ފަންޑިތަހަދާ މީހުންގެ ގާތަށް ދިއުމެއް ނެތް!

ލޯބިވެރިޔަކު ހޯދަން ފަންޑިތަހެދުމަކީ ކޮންކަހަލަކަމެއް؟ ނޫނީ ފަންޑިތަހަދާ މީހަކުދޭ ދުޢާއެއް ކިޔުމަކީކޮންކަހަލަކަމެއް؟  

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: 

މުއުމިނުންނަށް ކޮންމެ ކަމެއް ބޮޑުވިކަމުގައިވީ ނަމަވެސް އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާއެވެ.  

މާތް ﷲ ވަހީކުރައްވަނީ: (وَقَالَرَبُّكُمُادْعُونِيأَسْتَجِبْلَكُمْ )غافر: 60 

މަނާއި: "އަދި ތިޔަބައިމީހުން ހައްދަވާ ގެންގުޅުއްވާ އިލާހް ވަޙީކުރައްވައެވެ. ތިޔަބައިމީހުން ތިމަން ރަސްކަލާނގެއަށް ދުޢާކޮށް ދަންނަވާށެވެ، ތިމަން ﷲ އިޖާބަ ކޮށްދެއްވާނަމެވެ."  

އެހެންކަމުން ހިތްއެދޭ ކުއްޖަކު ހޯދުމަށްވެސް ކުރުމަށް އެންމެ ރަނގަޅު ކަމަކީ ގިނަގިނައިން ދުޢާކުރުމެވެ. މުއުމިނުން އިޚްލާޞްތެރިކަމާއެކު ކުރާ ދުޢާ ﷲ ރައްދެއްނުކުރައްވާނެއެވެ. އެހެނީ މުއުމިނަކު ދުޢާ ކޮށްފިނަމަ ތިން ކަމުން ކުރެ އެއް ކަމެއް އެމީހަކަށް ދެއްވާނެއެވެ.  

އެއް ގޮތަކީ ސީދާ އޭނާގެ ދުޢާ އިޖާބަ ކުރެއްވުމެވެ. އަނެއް ގޮތަކީ އެއަށްވުރެ ރަނގަޅު އެހެންގޮތެއް މެދުވެރި ކުރެއްވުމެވެ. ތިންވަނަ ގޮތަކީ އޭނައަށް ދިމާވާން އޮތް ބޮޑު މުޞީބާތަކުން ސަލާމަތްކޮށްދެއްވުމެވެ. 

އެހެންކަމުން ފަންޑިތަހަދާ ބިދްޢަވެރިން ކައިރިޔަށް ދިޔުމަށްވުރެ ތިމާ އަމިއްލަ އަށް ބޭނުން ބަހަކުން ދުޢާ ކުރުން މޮޅުއިތުރުވެގެންވެ އެވެ. واللهأعلم

 

 

މިއަދު އޮންލައިން