ގިނަ އަނބިން ތިބިނަމަވެސް ނިދުން ހުއްދަވެގެންވަނީ ފަހަރަކު އެއް އަންތބާއެކު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ގިނަ އަނބިން ތިބިނަމަވެސް ނިދުން ހުއްދަވެގެންވަނީ ފަހަރަކު އެއް އަންތބާއެކު!

މިހާރަކަށް އައިސް އެއް އަނބިންނަށްވުރެ ގިނަ އަނބިން ގެންގުޅޭ މީހުން ހުރިހާ އަނބިންނާ އެކުގައި އެއްފަހަރާ ރޭކުރަން ބޭނުންވުމުގެ މައްސަލަތައް އެބަ ކުރިމަތިވެއެވެ. މިފަދަ ކަންކަމަށް ނުރުހޭ އަނބިން ވަރިކުރާ ކަމުގެ ޝަކުވާވެސް ލިބެއެވެ. 

މިކަމުގައި ދީނުގައި އޮތީ ކޮން ގޮތެއްތޯ ކިޔުންތެރިން ސުވާލުކުރައްވާތީ ދަންނަވަމެވެ. 

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ "ގިނަ އަނބިން ގެންގުޅޭ ފިރިން ހުރިހާ އަނބިންނާ އެއްކޮށް ނިދުމަކީ ޙަރާމް ކަމެކެވެ. ކޮންމެ އަންބަކަށް ވަކި ސަކަނެއް (ހުންނާނެ ތަނެއް) ހަމަޖައްސައިދޭންވާނެއެވެ. 

މާނައަކީ މިޘާލަކަށް 4 އަނބިން ތިބެ، ހުރިހާ އަނބިން އެއްގެއެއްގައި އުޅޭނަމަ 4 އަނބިންނަށް 4 ކޮޓަރި ހުންނަން ޖެހޭނެއެވެ. ނިދަން ޖެހޭނީ ކޮންމެ އަންތބަކާއިއެކުވެސް ވަކިންނެވެ.

والله أعلم.

 

މިއަދު އޮންލައިން