ރަސޫލާ (ޞޢޥ) ކޮންމެ މުސްލިމަކަށްވެސް ސުވަރުގެ ގަރަންޓީކުރައްވަވައިދެއްވެވި! ނުވަންނާނީ އަމިއްލައަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ރަސޫލާ (ޞޢޥ) ކޮންމެ މުސްލިމަކަށްވެސް ސުވަރުގެ ގަރަންޓީކުރައްވަވައިދެއްވެވި! ނުވަންނާނީ އަމިއްލައަށް!

ﷲ ތައާލާ ވަނީ ރަސޫލް ﷺ ގެ ދޫފުޅު މެދުވެރިކުރައްވަވައި ކޮންމެ މުސްލިމަކަށްވެސް ސުވަރުގެ ގަރަންޓީކުރައްވަވައި ދެއްވަވައިފައެވެ. ވީމާ ސުވަރުގެ ނުވަދެވޭ އެއްވެސް މުސްލިމަކަށް ނުވަދެވި ހުންނަން ޖެހޭނީ އެމީހަކު އަމިއްލައަށް ސުވަރުގެ ވަނުމަށް އިންކާރުކުރުމުންނެވެ.

އެ ގަރަންޓީގެދަށުން ސުވަރުގެ ވަނުމަށް އަހަރެމެންނަށް ކުރަން މިޖެހޭ ކަމަކީ ދުލާއި ޖިންސީ ގުނަވަން ރައްކައުތެރިކުރުމެވެ. އެކަންކުރެވިއްޖެނަމަ އެމީހަކަށް އެވަނީ ސުވަރުގެ ގަރަންޓީކުރެވިފައެވެ.

މިއީ ހަމައެކަކަށްވެސް ނުކުރެވޭވަރުގެ ބޮޑުކަމެއް ނޫނެވެ! ދޫރައްކަތެރިތެރިކުރުމަށާއި ޖިންސީ ގުނަވަން ރައްކައުތެރިކުރުމަށް ކުރަންޖެހޭ ކަންކަން ވެސް ވަނީ ބަޔާންކުރައްވަވައިފައެވެ. އެއީ އެއްވެސް މުސްލިމަކަށް ނުއެނގޭ އައު ކަންތައްތަކެއް ނޫނެވެ.

ވީމާ މި ހަދީޘްފުޅަކީ ކޮންމެ މުސްލިމަކަށްވެސް އެންމެ އުފާވެރި ޙަދީޘްފުޅުކަމުގައިވެސް މިވަނީވެފައެވެ. އެހެނީ ކޮންމެ މުސްލިމެއްގެ ވެސް އެންމެ ބޮޑު ބޭނުމަކަށްވާނީ އެމީހަކަށް ސުވަރުގެ ލިބުމެވެ. ޔަޤީންކަމާއިއެކު ސުވަރުގެ ލިބިގަނެވޭނެ މަގު މިޙަދީޘްފުޅުން މިއޮތީ ފެންނާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން