ކައިވެނި ރޫޅުނަސް، ކައިވެނީގެ އުފާވެރިކަން ގެއްލުނަސް މާޔޫސްނުވަން މިބުނާ ސަބަބު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ކައިވެނި ރޫޅުނަސް، ކައިވެނީގެ އުފާވެރިކަން ގެއްލުނަސް މާޔޫސްނުވަން މިބުނާ ސަބަބު!: މުފްތީ މެންކް

ﷲ ތަޢާލާ މީހަކަށް ދެއްވަވާ ނިޢްމަތެއް އަނބުރައި ގެންދަވައިފިނަމަ އެންމެންވެސް ހިތާމަކުރާނެއެވެ. ގިނަ ބައަކު އިންތިހާއަށް މާޔޫސްވެ ކަންބޮޑުވެއެވެ. އެހެންކަމުން އެފަދަ މީހުން ވިސްނައިލަންޖެހޭނެ ވަރަށް މުހިންމުކަމެއް ފާހަގަކޮށްލާނަމެވެ.

އެއީ ނިޢްމަތްތައް މިންވަރުކުރައްވަވަނީވެސް އިމްތިޙާނުކުރެއްވެވުމަށް ކަމެވެ. ހަމައެއާއިއެކު ދެއްވެވި ނިޢްމަތަށް ޝުކުރުވެރިވެގެން ހުއްޓައި އެނިޢްމަތެއް އަނބުރައި ގެންދަވައިފިނަމަ އެއީވެސް އިމްތިހާނުކުރެއްވެވުންކަމެވެ.

ހަމައެއާއިއެކު ޔަޤީންކުރަންޖެހޭނެ ކަމަކީ އިމްތިޙާން ކުރެއްވެވުމުގެ ގޮތުން ނިޢްމަތެއް އަނބުރާ ގެންދެވުމުންވެސް ތިބާ ޝުކުރުވެރިވެ ކެތްތެރިވެއްޖެނަމަ މާފުރިހަމަ ބަދަލާއިއެކު އަނބުރައި ދެއްވަވާނެކަމެވެ.

މީސްތަކުން ދެރަކޮށް ހިތްދަތިކުރަން ކަންކަން ކުރުމަކީ އިންސާނުން ކުރާ ކަމެކެވެ. ﷲ ތަޢާލާ އެފަދަ އެއްވެސް ކަމެއް ނުކުރައްވަވާނެތެވެ. އެއްވެސް މީހަކަށް އަނިޔާވެރިވެވޮޑި ނުގަންނަވާނެތެވެ! އަނިޔާވެރިކަން އެކަލާނގެވަނީ އެކަލާނގެ ޒާތުފުޅަށްވެސް ޙަރާމް ކުރައްވަވައިފައެވެ. ވީމާ އެއްވެސް ނިޢްމަތެއް އަނބުރައި ގެންދެވިނަމަވެސް މާޔޫސްނުވާށެވެ! މާހެޔޮ ބަދަލަކަށް އުންމީދުކުރާށެވެ!

ގިނަބައަކު އެންމެ ބޮޑަށް ކަންބޮޑުވަނީ ކައިވެނީގެ އުފާވެރިކަން ގެއްލުމުންނާއި ކައިވެނި ރޫޅުން ފަދަ ހިތްދަތިކަން ލިބުމުންނެވެ. ކައިވެނި ރޫޅުނު ނަމަވެސް، ކައިވެނީގެ އުފާވެރިކަން ގެއްލުނު ނަމަވެސް މާޔޫސްނުވަން މިބުނަނީ މި ބިޔާންކުރި ސަބަބަށްޓަކައެވެ. ﷲ ތައާލާއަށް ތެދުވެރިވެ ކިޔަމަންތެރިވާށެވެ! ތިބާއަށް އުފާވެރިކަން ދެއްވަވާނެކަން ޔަޤީނެވެ. އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން