ސާޅީސް ދުވަހު ޖަމާއަތުގަ ނަމާދުކުރާ ކުދިންނަށް އިނާމުދޭން އިހަވަންދޫ އިމާމުން ނިންމި ނިންމުން- ވަރަށް ފުރިހަމަ، ވަރަށް ފައިދާކުރާނެ ނިންމުމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 33ސ
ސާޅީސް ދުވަހު ޖަމާއަތުގަ ނަމާދުކުރާ ކުދިންނަށް އިނާމުދޭން އިހަވަންދޫ އިމާމުން ނިންމި ނިންމުން- ވަރަށް ފުރިހަމަ، ވަރަށް ފައިދާކުރާނެ ނިންމުމެއް!

ޙަދީޘްފުޅުގައި އޮތީ ޖެހިޖެހިގެން 40 ދުވަސްވަންދެން އިމާމާގެ ފުރަތަމަ ތަކްބީރުން ފެށިގެން، (ހަރަންބަން ތަކްބީރުން ފެށިގެން) އިމާމާއެކު ފަރުޟު 5 ނަމާދު ކޮށްފި މީހާ ނަރަކައިގެ އަލިފާނުން ސަލާމަތްކުރައްވަވާނެ ކަމަށެވެ. އަދި މުނާފިޤް ކަމުންވެސް ސަލާމަތްކުރައްވަވާނެ ކަމަށެވެ. ވީމާ މިއީ ހަމަ ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭނެ ކަމެއްކަން ފާހަގަކުރެވެއެވެ. 

ދުނިޔޭގެ ކޮންމެ ބިމެއްގައި ހުރި ކޮންމެ މިސްކިތެއްގައިވެސް އިމާމް މީހާއާއިއެކު މިޙަދީޘްފުޅުގައިވާ ފަދައިން ނަމާދުކޮށްފިނަމަ އެމީހަކަށް ޙަދީޘްފުޅުގައިވާ ފަދައިން މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ 

atawa Ibn Baz, 17/406 

Instead of this hadeeth we should look at the hasan (sound) hadeeth narrated by al-Tirmithi (241) concerning the virtue of always being present for the opening takbeer (saying Allahu Akbar) of prayer in congregation. It was narrated that Anas ibn Malik (may Allah be pleased with him) said: The Messenger of Allah (peace and blessings of Allah be upon him) said, “Whoever prays for forty days with the congregation, always being present for the first takbeer, it will be written that he will be safe from two things: he will be safe from the Fire and safe from hypocrisy.” Classed as hasan by al-Albani in Saheeh al-Tirmithi, 200. 

The virtue mentioned in this hadeeth is general and applies to any mosque where prayers are offered in congregation, in any land; it does not apply only to al-Masjid al-Haram [in Makkah] or al-Masjid al-Nabawi [in Madeenah] in particular. 

Based on this, whoever consistently prays forty days in congregation in which he is present for the first takbeer, it will be recorded that he will be safe from two things: safe from the Fire and safe from hypocrisy, whether the mosque is in Madeenah, Makkah or anywhere else. 

ވީމާ މިއީ ހަމަ ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭނެ ކަމެއްކަން ފާހަގަކުރެވެއެވެ. ކުޑަކުދިންނަށް މިފަދަ ކަންކަން ދަސްކޮށްދީ އެކުދިން ލައްވައި ކުރުވުމަކީ ކުއްޖާގެ މުޅި މުސްތަޤްބަލަށް އެކަމުގެ ފައިދާ ކުރާނެ ކަމެއްކަން ފާހަގަކުރެވެއެވެ. 

އެހެންކަމުން އިހަވަންދޫ އިމާމުންގެ މިނިންމުމަކީ ހުރިހާ ގޮތަކުން ބެލިނަމަވެސް ވަރަށް ފައިދާކުރާނެ ނިންމުމެއްކަން ފާހަގަކުރެވެއެވެ. 

ތިރީގައި އެވަނީ މިކަމާއި ގުޅޭގޮތުން "ދިޔަރެސް" ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރެއް އެއިގެ އަޞްލާއި އެއްގޮތަށެވެ. 

މެދުނުކެނޑި 40 ދުވަހު ޖަމާއަތުގައި ނަމާދުކުރާ ކުދިންނަށް އިނާމުގެ ގޮތުގައި ބައިސްކަލެއް ދޭން ހއ. އިހަވަންދޫގެ އިމާމުން ނިންމައިފިއެވެ.

އިހަވަންދޫ ކައުންސިލުން ބުނީ މިކަމަކީ އެރަށު ކުދިން ނަމާދަށް ފަރުވާތެރިކޮށް އަހުލުވެރި ކުރުމުގެ ގޮތުން އެރަށު މަސްޖިދުލް ތައާވުންގެ އިމާމުން އިސްނަގައިގެން ތައާރަފްކުރި ޕްރޮގްރާމެއް ކަމަށެވެ.

އެގޮތުން މި ޕްރޮގްރާމުގެ މަގުސަދަކީ ރޯދަމަސް ނޫން އެހެން މަސްތަކުގައި ޖަމާއަތަށް ދާ ކުދިން މަދުކަން ފާހަގަ ކުރެވޭތީ، ޚާއްސަކޮށް ފަތިސްނަމާދުގެ ޖަމާއަތުގައި ކުޑަކުދިން މަދުވުމުން އެކުދިން ނަމާދަށް ޝައުގުވެރި ކުރުވަން އިމާމުން ފެށި ޕްރޮގްރާމެއް ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

މި ޕްރޮގްރާމް ފެށުމަށް ހަޖެހިފައިވަނީ އަންނަ މަހުގެ އެކަކުން ފެށިގެންނެވެ. އެގޮތުން މެދު ނުކެނޑި 40 ނަމާދު ޖަމާއަތުގައި ހަމަކުރާ ކޮންމެ ކުއްޖަކަށް ބައިސްކަލެއް ދޭއިރު، އަދި ބައިސްކަލްގެ އިތުރުން ކޮންމެ 10 ދުވަހަކުން ބަރާބަރަށް މިސްކިތަށް އައިސް ނަމާދު ކުރާ ކުދިންނަށް ވެސް ހަދިޔާ ލިބޭނެ ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ބައިސްކަލް ލިބޭނީ ގްރޭޑް އެކަކުން ހަތަކާއި ދެމެދުގެ ގްރޭޑްތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށެވެ. ކައުންސިލުން ބުނެފައިވަނީ މިއީ އަދި ފެށުމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން ވެސް މިފަދަ ޕްރޮގްރާމްތައް ހިންގާނެ ކަމަށެވެ.

ތިން ހާހަށްވުރެ ގިނަ މީހުންގެ އާބާދީ އޮންނަ އިހަވަންދޫގައި ފަސް މިސްކިތް ހުރެއެވެ.

 

މިއަދު އޮންލައިން