ހަމައެކަނި ތިމާ މުހިންމުވެ ތިމާއަށް އިސްކަން ދިނުމުގެ ހުރި ނުބައިކަން: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ހަމައެކަނި ތިމާ މުހިންމުވެ ތިމާއަށް އިސްކަން ދިނުމުގެ ހުރި ނުބައިކަން: ބިލާލް އައްސަދު

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މީސްތަކުން އެކެއް އަނެކެއްގެ ޙާލު ބަލައިލަން ބައްދަލުކޮށް އުޅުން މިވަނީ އިންތިހާއަށް މަދުވެފައެވެ. އަދި ވާހަކައެއް ބުނެލަން ބައްދަލުކޮށްލުންވެސްމެއެވެ. ބުނަން ބޭނުންވާ އެއްޗެއް އެމީހެއްގެ ސޯޝަލް މީޑިއާ އެކައުންޓެއްގައި ބުނެލެވުމުން ނިމުނީކަމަށް މިވަނީ ހަދައިފައެވެ. 

އަދި ކީއްހެއްޔެވެ؟ ބައްދަލުވި ނަމަވެސް ގާތްއެކުވެރިންނާއި، އަދި އެމީހެއްގެ ކިބައިން ތިމާއަށް ފައިދާއެއް ކޮށްފާނެ މީހުންނާއި ނޫނީ ވާހަކަ ނުދެއްކުމާއި ސަލާމް ނުކުރުންވެސް މިވަނީ ޢާންމު ކަމަކަށް ހަދައިފައެވެ. މިހުރިހާ ކަކަންކަމުންވެސް އެނގެނީ މިއަދު ކޮންމެ މީހަކަށްވެސް އެންމެ މުހިންމުވަނީ އެމީހަކު ކަމެވެ. އެމީހަކަށް ފައިދާ އިތުރުވުން ކަމެވެ. 

މީސްތަކުންނޭވެ! މިކަންކަމަކީ ދުނިޔެ ނިމެނީ ކަމުގެ ހެކިތަކެވެ. ފަހުޒަމާނުގެ ޢަލާމާތްތަކުގެ ގޮތުގައި ޙަދީޘްފުޅުތަކުން ފެންނަންހުރި ކަންކަމެވެ. އެކަމުން އެނގެނީ މިކަންކަމަކީ މީސްތަކުން ނުބައިވެ މަގުއޮޅި ދިއުމުން ކުރާނެ ކަންކަން ކަމެވެ. ވީމާ އަހުރެމެންނަށް އޮތީ ޢަމަލުތައް އިޞްލާޙްކޮށް ހެޔޮލަފާ މީހުން ކަމުގައިވުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން