މަންޑި ދިރުވާ އާލާކުރުމަށް އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
މަންޑި ދިރުވާ އާލާކުރުމަށް އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

ޢާއިޝަތު ޢަލީ 

ދިވެހިރާއްޖެއަށް ލިބިފައިވާ ޤުދުރަތީ ރީތިކަމާއި ތާރީޚަށް އެންމެ ބޮޑު ފުރިހަމަކަމެއް ގެނެސްދޭ އެއް ކަމަކީ އަހަރެމެންގެ ޘަގާފަތާއި އާދަކާދައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ މުނިފޫހިފިލުވުމުގެގޮތުން ކުރެވެމުން އައި ބައެއް ކަންތައްތަކެވެ. ގަނޑު ފިއްލާ އާއި ބަށި، އަދި ރީސް ފަދަ ކުޅިވަރުތަކެވެ. މަންޑިއަކީވެސް އިހުގައި ވަރަށް ފޯރީގައި ކުޅެވެމުން އައި ކުޅިވަރެކެވެ. ފޯލި ނުވަތަ ދަނޑި ބޭނުންކޮށްގެން ކުޅޭ މިކުޅިވަރު ދިރުވާ ޢާލާކުރުމަށް މިފަހަރު އަޒުމު ހިފީ ރ.އުނގޫފާރުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީންއެވެ.

މިއަދުނިއުސް އާއި ވާހަކަ ދައްކަވަމުން އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ، ނަޒުރާނާ ހުސައިން ވިދާޅުވީ މަންޑި އަކީ ކޮންމެ ރަމަޟާންމަހެއްގައިވެސް ރޯދަކުރުކުރުމަށް އެރަށު ފިރިހެނުން ކުޅެ އުޅޭ ކުޅިވަރެއްކަމަށާއި، މަންޑި މުބާރާތެއް ކުރިއަށް ގެންދިއުމަށް ނިންމީ އެކުޅިވަރުގެ ޖޯޝާއި ފޯރި ދިރުވާ، އެކުވެރިކަން ބަދަހިކުރުމަށެވެ. އަދި އެއީ އުވެމުންދާ ކުޅިވަރެއްކަމުން، އެކުޅިވަރު ދިރުވާ އާލާކުރުމަށްވެސްމެއެވެ.

މިދިޔަ އަހަރުގެ ރަމަޟާންމަހާއި ދިމާކޮށްވެސް އެކޮމިޓީއިންވަނީ މަންޑި މުބާރާތެއްބާއްވާފައިއެވެ. މިއަހަރުގެ މުބާރާތުގައި 3 ޓީމް ބައިވެރިވެފައިވާއިރު، ހުކުރު ދުވަހު އޮތް ފައިނަލްގައި ޓީމް "ނައިންތަ" އާއި ވާދަކޮށް އެއްވަނަ ހޯދާފައިވަނީ "3 އިން 1" އެވެ. އެއްވަނަ ދިޔަ ޓީމަށްވަނީ 2000 ރުފިޔާގެ ފައިސާގެ އިނާމެއްދީފައެވެ.

ރާއްޖޭގެ މިފަދަ ކުޅިވަރުތައް ތާރީޚުގެ ތެރެއަށް ގެއްލުނަނުދީ ދިރުވާ އާލާކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. އަހަރެމެންގެ ޘަގާފަތާއި އާދަކާދަތައް ދެން އޮތް ޖީލުތަކާއި ހަމައަށް ދެމިއޮންނާނީ އޭރުންނެވެ.  

މިއަދު އޮންލައިން