ރަމަޟާން މަސް ނިމުމަކުން އަދި އެއީ އެމީހާޤއަށް ހުރި ހުރިހާ ދޮރުތަކެއް ބަންދުވީއެއް ނޫނެވެ. ރަމަޟާން މަހަށް ފަހުގައިވެސް ހެޔޮ ޢަމަލުކޮށް ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާނަމަ އެކަމަށް އެމީހަކަށް ތައުފީޤް ދެއްވަވާނެތެވެ. އިން ޝާ ﷲ
ވީމާ ނިމިގެންދިއަ ރަމަމާން މަހު އެންމެ ރަނގަޅު ގޮތުގައި އަޅުކަން ނުކުރެވުނު މީހުންވެސް މާޔޫސްނުވާށެވެ! އިތުރު ހިތްވަރެއްލާފައި އަޅުކަންކުރަން މަސައްކަތްކުރާށެވެ! ފާފަތައް ނުކޮށް ހުންނަން ގަދައަޅައި މަސައްކަތްކުރާށެވެ! އެއިރުން އެމީހަކަށް ތަޤްވާވެރިކަން އިތުރުކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ
ދުޢާކުރާށެވެ!
"ޔާ ﷲ! އިނބަ ﷲ ލޯބިވެވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ނޫނީ މިއަޅާގެ ފުރާނަ ނުގެންދަވާނދޭވެ! ނަރަކައިގެ ޢަޛާބުންނާއި ކައްވަޅުގެ ޢަޛާބުން މިއަޅާ ސަލާމަތްކުރައްވަވާނދޭވެ! މިއަޅާއަށްޓަކައި ކައްވަޅަކީ އަލި، ތަނަވަސް ތަނެއް ކަމުގައި ލައްވަވާނދޭވެ!"
މިފަދަ ދުޢާތައް ކުރަމުން އެމަގުން ޢަމަލުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ﷲ ތަޢަލާގެ މަގަށް ރުޖޫޢަވެ، އެމަގުގައި ޘާބިތުވާން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާ އެއްވެސް އަޅަކު ބާކީ ނުކުރައްވަވާނެތެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން