ފިހާރައެއް ނެތަސް ޙަރާމް ވިޔަފާރިކުރާ މީހުން ގިނަވުމަކީ އެބައެއްގެ މައްޗަށް ތަދުމަޑުކަން އަންނަ ކަމެއް! އެކަން މިވަނީ ޢާންމުވެފަ!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ފިހާރައެއް ނެތަސް ޙަރާމް ވިޔަފާރިކުރާ މީހުން ގިނަވުމަކީ އެބައެއްގެ މައްޗަށް ތަދުމަޑުކަން އަންނަ ކަމެއް! އެކަން މިވަނީ ޢާންމުވެފަ!: ބިލާލް އައްސަދު

ފިހާރައެއް ނެތިވެސް ޙަރާމް ވިޔަފާރިކުރާކަމަށް ބުނީމާ ސުވާލު އުފައްދާނެއެވެ. ދީން ބޭނުންކޮށްގެން ކުރާ ވިޔަފާރިން ނާޖާއިޒު ފައިދާ ނަގާނެ މީހުން ފަހުޒަމާނުގައި ގިނަވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

އަހުރެން ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ. މުސްލިމެއްގެ އަތުގައި އޮތް އެއްޗެއް އެހެން މުސްލިމަކަށް ވިއްކައިލަނީއެވެ. ގިނަފަހަރު ވިއްކާ މީހާ ފުރަތަމަވެސް ކުރާ ކަމަކީ ﷲ ތަޢާލާ ގަންދީ ބޮޑު ދޮގެއް ހެދުމެވެ. އެއީ އެއެއްޗެއް ގަތީ 100 ޑޮލަރަށް ކަމަށްވާނަމަ ގަތީ 200 ޑޮލަރަށް ކަމަށް ބުނުމެވެ. ﷲ ތައާލާ ގަންދީ އެހެން ބުނީމާ އެވާހަކަ ޤަބޫލުކުރަން އަނެކާއަށް ފަސޭހަވާނެއެވެ. 

އެހިސާބުން އެއެތި ގަންނަން ބޭނުންވެގެން އުޅޭ މީހާވެސް ﷲ ތަޢާލާ ގަންދީ ހަދަނީ ދޮގެކެވެ. އެއީ މިވަޤުތު އެވަރަށް އަތުގައި ފައިސާ ނެތްކަމަށް ބުނުމެވެ. ބޮޑު ކަންތައް ގަނޑެއް ލައިގަނެގެން އެކައުންޓް ހުސްވެގެން އުޅޭކަމަށް ބުނުމެވެ. ވިއްކާ މީހާ ބިރެއް ނެތި ﷲ ތަޢާލާ ގަންދީ އެ ބޮޑު ދޮގު ހަދަނީ އެއެއްޗެއް ބޮޑު އަގުގައި ވިއްކުމަށެވެ. ގަންނަމީހާ ވެސް ބިރެއް ނެތި ﷲ ތަޢާލާ ގަންދީ އެ ބޮޑު ދޮގު ހަދަނީ އެއެއްޗެއްގެ އަގު ހެޔޮ ކުރުވުމަށެވެ. 

މީސްތަކުންނޭވެ! މިއީ މިއަދު ހަމަ މުސްލިމުންގެ ޢަމަލުތައް ހުރި ގޮތެވެ! ﷲ ތަޢާލާއަށް ބިރުވެތިވުމެއް ނެތެވެ. ވިޔަފާރީގައި ހެދުނުހާ ދޮގަކާއި މަކަރެއް ހަދަނީއެވެ. ބޮޑެތި ސިންގާ ފިހާރަތަކުންވެސް އަދި ދޭދޭ ފަރުދުންގެ މެދުގައި ކުރެވޭ މިހައި ކުދިކުދި ވިޔަފާރިތަކުގައިވެސްމެއެވެ. 

މިކަންކަމަކީ ޤިޔާމަތްވުން ގާތްވަމުން އަންނަ ކަމުގެ ޢަލާމާތްތައް ކަމުގައި ރަސޫލް ޙަދީޘްފުޅު ކުރައްވަވާފައިވާ ކަންކަމެވެ. ބިރުވެތިވާށެވެ! އެމީހެއްގެ ސަލާމަތްކަން އެމީހަކު ހޯދާށެވެ! 

- ބިލާލް އައްސަދުގެ ދަރުސަކުން

 

މިއަދު އޮންލައިން