ﷲ ތަޢާލާ ތިބާ ހިއްޕަވައިފިނަމަ ނިމިގެންދާނީ އެންމެ ނިކަމެތި ގޮތުގައެވެ.! އެޙާލަތަށް ނުވެއްޓޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ﷲ ތަޢާލާ ތިބާ ހިއްޕަވައިފިނަމަ ނިމިގެންދާނީ އެންމެ ނިކަމެތި ގޮތުގައެވެ.! އެޙާލަތަށް ނުވެއްޓޭށެވެ!

ﷲ ތަޢާލާ މީހަކު ހިއްޕަވައިފިކަމަށް ބުނެވޭ ބަހުގެ މާނަވަނީ ވަރަށް ފުޅައުވެގެންނެވެ. އެކި މީހުންނަށް ދުނިޔޭގައި ދިމާވާނީ އެކި ގޮތްތަކެވެ. ދިމާވާނީ ކޮންގޮތަކަށް، ނުވަތަ ކޮން ކަމެއްކަން ހަމައެކަކަށްވެސް ނުއެނގޭނެއެވެ. އެންމެ ނިކަމެތި ޙާލު ކުރިމަތިވާނީ ޤިޔާމަތް ދުވަހުންނެވެ. ވީމާ މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ.

ޝައިޠޯނާއަށް އަހަރެމެންގެ ހިތްތަކަށް ވެރިވެގަނެވޭ އެންމެ ޢާންމު ސަބަބު ކުރިމަތިވަނީ އަހަރެމެންގެފަރާތުންނެވެ. އެއީ ދެގޮތަކަށް އަމަލުކުރެވޭތީއެވެ. ފުރަތަމަ ގޮތަކީ އެކަންކަން ކުރަން ﷲ ތަޢާލާ އަނގަވާފައިވާ ކަންކަން ނުކުރެވުމެވެ. މިސާލެއްގެ ގޮތުން ބުނާނަމަ ފަރުޟު 5 ނަމާދު ނުކުރެވުމާއި އެހެންވެސް ފަރުޟުތަކާއި އަދި ސުންނަތް ނުކުރެވުމެވެ.

ދެވަނައީ ނުކުރަން އަންގަވާފައިވާ ކަންކަން ކުރެވުމެވެ. މިސާލަކަށް ބަނގުރާ ބުއިމާއި މަސްތުވާތަކެތި ބޭނުންކުރުމާއި ފާހިޝް ޢަމަލުތައް ކުރުމާއި ޖުވާކުޅުމާއި ވައްކަންކުރުމާއި ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުން ފަދަ ﷲ ތައާލާ ޙަރާމް ކުރެއްވެވި ކަންކަން ކުރެވުމެވެ.

މިދެހާލަތުގައިވެސް އެމީހެއްގެ ޢަމަލުތައް އިޞްލާޙްކުރަން މުޙްލަތެއް ދެއްވަވަތެވެ. އެކަން ނުކޮށްފިނަމަ ﷲ ތަޢާލާ އެމީހަކު ހިއްޕަވާނެތެވެ! އަދި ހިއްޕަވައިފި މީހަކަށް ސަލާމަތްކަން ދެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. ﷲ ތަޢާލާ އެމީހަކަށް ހިތްދަތިކަން ކުރިމަތިކުރައްވަވައިފިނަ އެމީހެއްގެ ހިތަށް އުފާވެރިކަން ފޯރުކޮށްދެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ!

މިކަމުގެ މިސާލަކަށް މިލިއަނަރުންނާ ބިލިއަނަރުން މާޔޫސްކަމުގައި މަރުވެ ދިއުން ހިމެއެވެ. އެމީހުންނަށް ދެއްވެވި އެ ބޮޑު މުއްސަނދިކަމުން އެމީހުންގެ ހިތަށް ހަމަޖެހުން ލިބި އުފަލުގައި ދިރިއުޅޭ ބައަކު ކަމުގައި ނުވެވުނީ ކީއްވެގެން ހެއްޔެވެ؟ ހަމައެންމެ ސަބަބެކެވެ. ﷲ ތަޢާލާ އެމީހާއަށް ދެއްވެވި ނިޢްމަތްތައް ބަލައި ނުގަނެވުނީއެވެ. ނަތީޖާއެއްގެ ގޮތުން އަމިއްލަ އަތުގައި ބިލިއަނުން ފައިސާހުރިނަމަވެސް ހިތަށް އުފާވެރިކަން ލިބުމުން ﷲ ތަޢާލާ އެމީހަކު މަޙްރޫމް ކުރައްވަވަނީއެވެ.. ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ!

ﷲ ތަޢާލާ ތިބާ ހިއްޕަވާ ޙާލަތަށް ކަންކަން ދިއަ ނުދިނުމަށާއި ހިއްޕަވައިފިނަމަ ނިމިގެންދާނީ އެންމެ ނިކަމެތި ގޮތުގައި ކަމަށް ބުނަން ޖެހެނީ ވެސް ހަމަ މިސަބަބަށްޓަކައެވެ. ބިލިއަނުން އަތުގައި ފައިސާ އެބަހުއްޓެވެ. އެހައިމެ ބޮޑު ތަނަވަސްކަން ލިބިފައިވެއެވެ. ނަމަވެސް ދުނިޔެ ދޫކުރަންޖެހޭ ސަބަބަކަށްވެގެންދަނީ އެއިން އެއްވެސް ކަމަކުން ހިތްހަޖެހުން ނުލިބުމެވެ. އެހެންވެ ހިތްހަމަޖެހުން ހޯދަން އޯވަރޑޯޒްވެސް ވަނީއެވެ. އަތްފައިން އެންމެ ބޮޑެތި ގޯސްތައް ހެދެނީއެވެ. ސަބަބަކީ ހަމަ އެންމެ ސަބަބެކެވެ. އެއީ އޭނާއަށް ދެއްވެވި ފުރުޞަތުގެ ބޭނުން ނުހިފުނުކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން