ހިސާބު ބެއްލެވުމުގެ ކުރިން ސުވަރުގެ ވައްދަވާނެ 2 ބައިގައި ހިމެނުމަކީވެސް ވަރަށް ފަސޭހައިން ޙާޞިލުކުރެވެން އޮތް ކަމެކެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ހިސާބު ބެއްލެވުމުގެ ކުރިން ސުވަރުގެ ވައްދަވާނެ 2 ބައިގައި ހިމެނުމަކީވެސް ވަރަށް ފަސޭހައިން ޙާޞިލުކުރެވެން އޮތް ކަމެކެވެ!: މުފްތީ މެންކް

ޤިޔާމަތް ދުވަހު ހިސާބު ބެއްލެވުމުގެ ކުރިން ގޮވައިލައްވާ ބޭކަލަކު ގޮވައިލައްވަވާނެތެވެ! "ދީލަތިވަންތަކަން މިއަދު ފެނިގެންދާނެއެވެ!" އެބަސްފުޅުގެ މާނައަކީ ﷲ ތަޢާލާގެ ދީލަތިވަންތަކަމެވެ.  

ދެން ގޮވައިލައްވަވާނެތެވެ! "ހުރިހާ ޙާލަތެއްގައިވެސް ﷲ ތަޢާލާއަށް ވަކީލްކޮށް ޙަމްދުކުރި މީހުން ކޮބައިހެއްޔެވެ؟"  

އެފަދައިން ގޮވައިލެއްވެވުމުން ތެދުވެވޭނީ މަދުބައަކަށެވެ. މަދު މީސްކޮޅަކަށެވެ. އެމީހުންނަށް އަންގަވާނެތެވެ! "ސުވަރުގެ ވަންނާށެވެ!" މާނައަކީ ހިސާބު ބެއްލެވުމެއް ނެތި ހިސާބު ބެއްލެވުމުގެ ކުރިން އެމީހުން ސުވަރުގެ ވައްދަވާނެކަމެވެ.  

މިދަރަޖަ ލިބިގެންދަނީ ވަރަށް ވަރުގަދަ އީމާންތެރިންނަށެވެ. އެއީ ިތަންމެ ބޮޑު އުފާވެރިކަމެއް ލިބުނު ނަމަވެސް އެއީ ﷲ ތަޢަލާގެ ޙަޟްރަތުން ލިބުނު ނިޢްމަތެއްކަން ޤަބޫލުކޮށް ޝުކުރުވެރިވެ "އަލްޙަމްދުލިﷲ" އެވެ ބުނި މީހުންނެވެ. އަދި ކިތަންމެ ބޮޑު ގެއްލުމެއް ނުވަތަ ހިތާމައެއް ލިބުނު ނަމަވެސް އެއީ ﷲ ތަޢާލާގެ ޙަޟްރަތުން ލިބުނު ކަމެއްކަން ޤަބޫލުކޮށް އެކަމަށްވެސް ޝުކުރުވެރިވެ ހެޔޮހިތުން "އަލްޙަމްދުލިﷲ" އެވެ ބުނި މީހުންނެވެ.  

ﷲ ތަޢާލާ ނިޢްމަތެއް ދެއްވެވުމުން އެކަލާނގެއަށް ގިނަބައަކު ޙަމްދުކުރެއެވެ. ނަމަވެސް ހިތާމައާއި ހިތްދަތިކަން ލިބުމުން، ދަތިޙާލުޖެހުމުން ﷲ ތަޢާލާއަށް ވަކީލުކުރެވެނީ ވަރަށް މަދު މީހަކަށެވެ. ނމަވެސް އެފަދަ ޙާލަތުގައިވެސް ވަކީލްކޮށް ޙަމްދުކުރުމުން ދެއްވަވާނެ މަތިވެރި ނިޢްމަތް ނިކަން ދެކިބަލާށެވެ.  

މި ބަޔާންކުރި މަތިވެރި ނިޢްމަތް ދެއްވަވާނެ ދެވަނަ ބައަކީ ރޭގަނޑުގެ އަރާމު ނިދި ދޫކޮށްލައި ރޭއަޅުކަން ކުރި މީހުންނެވެ. އެމީހުން ﷲ ތަޢާލާ އާއި ކުއްތަންވުމަސް ލޯބިން އެއުފުލި ބުރައިގެ އަގެއްގެ ގޮތުންނެވެ.  

ޤިޔާމަތް ދުވަހު ތަފާތު ދަރަޖަތައް ލިބިގެންދާނެ މީހުން ތިބޭނެއެވެ! ތަފާތު ނިޢްމަތްތައް ލިބިގެންދާނެ މީހުން ތިބޭނެއެވެ. އެފަދަ މީހުން އެތައް ބައިވަރު ދަރަޖަތަކަކަށް ބެހިގެންވެސްދާނެއެވެ. މިއަދު މިފާހަގަކޮށްލީ އެއިގެ ތެރެއިން އެންމެ އުފާކުރާނެ ދެބައެކެވެ. އަދި މިދެބައިގައި ހިމެނުމަކީ ކޮންމެ މީހަކަށްވެސް ނުހަނު ފަސޭހައިން ކުރެވިދާނެ ކަމެކެވެ.  

އެކަން ކުރުމުން ދެއްވަވާނެ މަތިވެރި ނިޢްމަތް ހަނދުމަކުރާ މީހަކަށް އެއީ ކުރަން އެއްވެސް ބުރަކަމެއް ނޫނެވެ. އަހަރެމެން އެންމެންނަކީވެސް ކޮންމެ ޙާލަތެއްގައިވެސް ﷲ ތަޢާލާއަށް ޙަމްދުކުރާ އަދި ދަމުނަމާދުކުރާ މީހަކު ކަމުގައި ލައްވަވާނދޭވެ! އާމީން.

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން