ނިޔަފަތިކެނޑުމާބެހޭގޮތުން އެނގެންޖެހޭ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 28ސ
ނިޔަފަތިކެނޑުމާބެހޭގޮތުން އެނގެންޖެހޭ ބައެއް ކަންކަން-

ފުރަތަމަ:

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅަކުންވެސް އަދި ޢަމަލުފުޅަކުންވެސް އެކަލޭގެފާނު ނިޔަފަތި ކެނޑުމަށް ވަކި ދުވަހެއް ޚާއްޞަކުރެއްވި ކަމެއް އެނގޭކަށް ނެތެވެ.

ނިޔަފަތި ކެނޑުމާއި ބެހޭ ގޮތުން އިމާމް ސަޚާވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

ނިޔަފަތި ކަނޑާނެ ގޮތަކާއި ދުވަހަކާއި ބެހޭ ގޮތުން ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ޘާބިތުވާނެ އެއްވެސްރިވާޔަތެއް ނެތެވެ.” (އަލްމަގާޞިދުލް ޙަސަނާ ޞ 422).

މި މައްސަލާގައި އައިސްފައިވާ ރިވާޔަތް ތަކަކީ ޟަޢީފު، މުންކަރު ނުވަތަ މައުޟޫޢު ޙަދީޘް ތަކެކެވެ.

 

ދެވަނަ:

ބައެއް ޞަޙާބީންނާއި ތާބިޢީން ނިޔަފަތި ކެނޑުމަށް ހުކުރު ދުވަސް ޚާއްޞަ ކުރެއްވި ކަމުގައި ވާރިދުވެފައިވެއެވެ.

روى الإمام البيهقي بسنده فيالسنن الكبرى” (3/244) : عن نافع : أن عبد الله بن عمر كان يقلم أظفاره ويقص شاربه في كل جمعة .

މާނައަކީ: އިމާމް ބައިހަގީ ރަޙިމަހުﷲ އެކަލޭގެފާނުގެ ސަނަދުންއައްސުނަނުލް ކުބްރާ” އޭ ކިޔުނު ފޮތުގެ 4/244 ގައި ލިޔުއްވާފައިވެއެވެ.އިމާމް ނާފިޢުގެ ކިބައިން ރިވާވެގެން ވެއެވެ. “ކޮންމެ ހުކުރު ދުވަހެއްގައިއިބްނު ޢުމަރު ރަޟިޔަﷲ ޢަންހު ނިޔަފަތި ކަނޑުއްވާ މަތިމަސް ކޮށުއްވާ ކަމަށްވެއެވެ.”

وروى ابن أبي شيبة فيالمصنف” (2/65) : ” عن إبراهيم قال : ينقي الرجل أظفاره في كل جمعة 

މާނައަކީ: އިބްނު އަބީ ޝައިބާ “މުޞައްނަފް”ގެ 2/56 ގައި އިބްރާހީމް އައްނަޚަޢީގެ ފަރާތްޕުޅުން ރިވާކުރައްވާފައިވެއެވެ. "ކޮންމެ ހުކުރު ދުވަހެއްގައި އެކަލޭގެފާނުގެ ނިޔަފަތިކަނޑުއްވައެވެ." 

ونقل الحافظ ابن رجب فيفتح الباري” (5/359) : ” عن راشد بن سعد قال : ( كان أصحاب رسول الله صلى الله عليه وسلم يقولون : من اغتسل يوم الجمعة ، واستاك ، وقلم أظفاره ، فقد أوجب)  

މާނައަކީ: "ފަތްޙުލް ބާރީ”ގެ 5/359 ގައި ރާޝިދު ބިން ސަޢްދުގެ ކިބައިން ރިވާވެގެން ވެއެވެ.އެކަލޭގެފާނު ވިދާޅުވިއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެއަޞްޙާބުން ވިދާޅުވެ އުޅުއްވައެވެ. “ހުކުރު ދުވަހު ފެންވަރައި، ދަތްއުނގުޅާ، ނިޔަފަތި ކަނޑައިފި މީހާ އަށް ދަރުމަ ލިބުން ވާޖިބު ވެއްޖެއެވެ." 

 

ތިންވަނަ: 

މިބާބު ގައި ސަލަފުންގެ ކިބައިން ރިވާވެގެންވަތީވެ، ހުކުރުދުވަހު ނިޔަފަތި ކެނޑުމަކީ އެދެވިގެންވާ ކަމެއް ކަމުގައި ޝާފިޢީ އަދިޙަންބަލީ މަޛްހަބުގެ ފިގްހުވެރިން ވިދާޅުވެއެވެ. 

އިމާމް ނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ނިޔަފަތިކެނޑުމާއި އިސްތަށި ނައްތާލަން ޖެހޭ ތަންތަނުން ނައްތާލުމަށް އިމާމް ޝާފިޢީއާއި އެކަލޭގެފާނުގެ އަޞްޙާބުން ހުކުރު ދުވަސް ކަނޑަ އެޅުއްވިއެވެ." (އަލްމަޖްމޫޢު 1/340). 

އަލްޙާފިޡް އިބްނު ޙަޖަރު- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ.ބުރާސްފަތި ދުވަހު ގައި ނިޔަފަތި ކެނޑުމަށްވެސް ޘާބިތު ނައްޞެއްނެތެވެ. 

ޖައްސަ ޖައްސައިގެން ހަތްބުދާގައި ނިޔަފަތި ކަނޑައިފިނަމަ ނޫރެއްލައްވާނެ ކަމަށް އެއްވެސް ޞައްޙަ ޙަދީޘަކުން ޘާބިތުވާކަށް ނެތެވެ.والله أعلم 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން