ޢާއިޝަތު ރަފާޙް ޢަލީ
ލޫތު ޢަލައިހިއްސަލާމް ކުރެއްވި ދުޢާ
· ސޫރަތު ޝުޢާރާއު 169 ވަނަ އާޔަތް
رَبِّ نَجِّنِى وَأَهْلِى مِمَّا يَعْمَلُونَ ﴿١٦٩﴾ މާނައީ: "އަޅުގެ ވެރިރަސްކަލާކޮ! އެއުރެންކުރާ عمل ން މިއަޅާއާއި މިއަޅާގެ أهل ވެރިން ސަލާމަތް ކުރައްވާނދޭވެ! (169)"
· ޢަންކަބޫތު 30 ވަނަ އާޔަތް
رَبِّ ٱنصُرْنِى عَلَى ٱلْقَوْمِ ٱلْمُفْسِدِينَ ﴿٣٠﴾ މާނައީ: "އަޅުގެ ވެރިރަސްކަލާކޮ! فساد ކުރާމީހުންގެ މައްޗަށް މިއަޅާއަށް نصر ދެއްވާނދޭވެ! (30)"
ޔޫސުފް ޢަލައިހިއްސަލާމް ކުރެއްވި ދުޢާ
· ޔޫސުފް ސޫރަތުގެ 101 ވަނަ އާޔަތް
۞ رَبِّ قَدْ ءَاتَيْتَنِى مِنَ ٱلْمُلْكِ وَعَلَّمْتَنِى مِن تَأْوِيلِ ٱلْأَحَادِيثِ ۚ فَاطِرَ ٱلسَّمَٰوَٰتِ وَٱلْأَرْضِ أَنتَ وَلِىِّۦ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ ۖ تَوَفَّنِى مُسْلِمًا وَأَلْحِقْنِى بِٱلصَّٰلِحِينَ ﴿١٠١﴾ މާނައީ: "އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ތިމަންއަޅާއަށް ވެރިކަން ދެއްވީމުއެވެ. އަދި ހުވަފެންތައް މާނަކުރަން ދަސްކޮށްދެއްވީމުއެވެ. އިސްވެދިޔަ مثال އަކާނުލައި، އުޑުތަކާއި، ބިން ހެއްދެވި ރަސްކަލާކޮ! ދުނިޔެއާއި، آخرة ގައި މިއަޅާގެ އެހީތެރިއަކީ، އިބަރަސްކަލާނގެއެވެ. مسلم އެއްގެ ގޮތުގައި މިއަޅާ މަރުގަންނަވާނދޭވެ! އަދި صالح ންގެ ތެރެއިން މިއަޅާ ލައްވާނދޭވެ! (101)"
ޔަޢްޤޫބް ޢަލައިހިއްސަލާމް ކުރެއްވި ދުޢާ:
· ޔޫސުފް ސޫރަތުގެ 86 ވަނަ އާޔަތް
قَالَ إِنَّمَآ أَشْكُوا۟ بَثِّى وَحُزْنِىٓ إِلَى ٱللَّهِ وَأَعْلَمُ مِنَ ٱللَّهِ مَا لَا تَعْلَمُونَ ﴿٨٦﴾ މާނައީ: " އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ މޮޅިޔާއި، ހިތާމައިގެ شكوى ދަންނަވާކަން ކަށަވަރީ، ހަމައެކަނި اللَّه އަށެވެ. އަދި ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތަކެއް، اللَّه ގެ حضرة ން ތިމަންކަލޭގެފާނަށް އެނގިވަޑައިގަނެއެވެ. (86)"