ޙައްޖަށް މީހުން ގެންދަން ކޯޓާދޫކުރުމުގެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީގެ އިހުމާލު ވަރަށް ބޮޑުކަން ޑރ. މުޙައްމަދި އިޔާޟް ޢަބްދުއްލަޠީފް ފާހަގަކުރައްވައިފިއެވެ.
ހުއްދަދިން އަގަށްވުރެ ބޮޑުއަގުގައި ޖާގަވިއްކުމަކީ ކޮންމެ އަހަރަކުވެސް ކުރަމުން އަންނަ ކަމެކެވެ. އެކަން ފާހަގަކުރައްވައި ޑރ. އިޔާޟް ވިދާޅުވެފައިވަނީ މައްސަލަ އަކީ ޕްރޮޕޯސަލްގައި ޖަހާފައިހުރި ޚިދުމަތްތައް އެއަގަށް ނުދެވޭނެކަން ޔަޤީންވާޙާލު، އެފަދަ ކުންފުނިތަކަށް ހުއްދަދޭތީ ކަމަށެވެ. އަދި "ޕްރޮޕޯސަލް ކާމިޔާބު ކުރުމަށް ކުޑައަގެއް ޖަހާށޭ" އިސްލާމިކް މިނިސްޓްރީން ބުނާކަހަލައެވެ.
މި މައްސަލައިގަ (ޙައްޖަށް މީހުން ގެންދަން ކޯޓާދޫކުރުމުގެ މައްސަލައިގައި) އިސްލާމިކް މިނިސްޓްރީގެ އިހުމާލު ވަރަށް ބޮޑުކަން ހިތާމައާއި އެކު ފާހަގަ ކުރަންޖެހޭ. ޕްރޮޕޯސަލްގައި ޖަހާފައިހުރި ޚިދުމަތްތައް އެއަގަށް ނުދެވޭނެކަން ޔަޤީންވާޙާލު، އެފަދަ ކުންފުނިތަކަށް ހުއްދަދޭތީ މައްސަލަ އަކީ. ބުނާކަހަލަ "ޕްރޮޕޯސަލް ކާމިޔާބު ކުރުމަށް ކުޑައަގެއް ޖަހާށޭ."
މިމައްސަލާގައި @MVIaffairs ގެ އިހުމާލު ވަރަށް ބޮޑުކަން ހިތާމައާއި އެކު ފާހަގަ ކުރަންޖެހޭ. ޕްރޮޕޯސަލްގައި ޖަހާފައިހުރި ޚިދުމަތްތައް އެއަގަށް ނުދެވޭނެކަން ޔަޤީންވާޙާލު، އެފަދަ ކުންފުނިތަކަށް ހުއްދަދޭތީ މައްސަލަ އަކީ. ބުނާކަހަލަ "ޕްރޮޕޯސަލް ކާމިޔާބު ކުރުމަށް ކުޑައަގެއް ޖަހާށޭ. https://t.co/TSeJiIiP3s
— Dr.Mohamed Iyaz (@dr_iyaz) April 25, 2023