ޢީސާގެފާނާ މަހުދީގެފާނު ފައުޅުވުމާބެހޭގޮތުން ކޮންމެހެން އެނގި ޤަބޫލުކުރަންޖެހޭ ބައެއް ކަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ޢީސާގެފާނާ މަހުދީގެފާނު ފައުޅުވުމާބެހޭގޮތުން ކޮންމެހެން އެނގި ޤަބޫލުކުރަންޖެހޭ ބައެއް ކަންކަން!

ޢީސާގެފާނު އަލުން ދުނިޔެއަށް ފައިބާ ވަޑައިގަންނަވާނެކަމަށް ޤަބޫލުނުކުރުން ޑރ. މުޙްޞިން ޚާން ބަޔާން ކުރައްވާފައިވަނީ ކުޑަ ޝިރުކެއްގެ ގޮތުގައެވެ. (ޑރ. މުޙްޞީން ޚާންގެ އިނގިރޭސި ތަރުޖަމާގައިވާ އިތުރު ލިޔުންތައް ބައްލަވާށެވެ!)

ޢީސާގެފާނު އުޑުން ފައިބައި ވަޑައިގަތުމާއި މަހްދީގެފާނު ފައުޅުވުމަކީ ފަހުޒަމާނުގެ ދެ ޢަލާމާތެވެ. މަހްދީގެފާނުގެ ނަންފުޅަކަށްވާނީ މުޙައްމދު ބިން ޢަބްދުﷲ ކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ފުރަތަމަ ފައުޅުވާނީ މަޙްދީގެފާނެވެ!

ޢީސާގެފާނު ފައިބައިވަޑައިގަންނަވާނީ މަހްދީގެފާނުގެ ޒަމާނުގެ ފަހުކޮޅުގައެވެ. ދެބޭކަލުން ބައިތުލްމަޤްދިސް ކައިރިން ބައްދަލުވެވަޑައިގެން އެކުގައި ނަމާދުކުރައްވަވާނެއެވެ. އިމާމްވެ ނަމާދުކުރައްވަވާނީ މަހްދީގެފާނެވެ!

--ޝައިޚް އިބްރާހީމް ފަރީދު އަޙްމްދު

ޢީސާގެފާނާ މަހްދީގެފާނަކީ 2 ބޭކަލެކެވެ. ފަހުޒަމާނުގައި ދެބޭކަލުންވެސް ފައުޅުވާނެއެވެ.

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ޢީސާގެފާނު ފައުޅުނުވާނެކަމަށް، މަހްދީގެފާނު ފައުޅުނުވާނެކަމަށް، ދައްޖާލު ފައުޅުނުވާނެކަމަށް އަދި ޔައުޖޫޖުމައުޖޫޖް ބާގައިގެ މީހުން ފައުޅުނުވާނެ ކަމަށް ޤަބޫލުކުރާމީހާއަކީ ކާފިރެކެވެ! އޭނާ މުސްލިމުންގެތެރެއަކު ނުވެއެވެ.

މިކަމުގައި އޮޅުން އަރާ ބައަކު ތިބިނަމަ އެބައަކަށް އަހުރެންގެފަރާތުން މިކަން ސާފުކޮށްދޭށެވެ! އެހެނީ މިކަންކަމަށް ޝައްކުކުރެވޭނަމަ އެއީ ޢަޤީދާގެ މައްސަލައެކެވެ. --ޝައިޚް ޢާޞިމް ޢަލްޙަކީމް

 

މިއަދު އޮންލައިން