ކުރުމުއްދަތެއްގަ މަރުވާނެކަމަށް ޑޮކްޓަރު ބުނާނަމަ އޮތީ ކައިވެނިނުކޮށް ހުރުންހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ކުރުމުއްދަތެއްގަ މަރުވާނެކަމަށް ޑޮކްޓަރު ބުނާނަމަ އޮތީ ކައިވެނިނުކޮށް ހުރުންހެއްޔެވެ؟

"އަޅުގަނޑަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން މާގިނަ ދުވަހަކު ދުނިޔޭގައި ނުހުންނާނެ ކަމަށް 2 ޤައުމެއްގެ ޑޮކްޓަރުން ވަނީ ބުނެފައެވެ. އެއިގެ ފަހުންވެސް މިހާރު އަހަރެއްހައި ދުވަސްވެއްޖެއެވެ. އަދި މިހުރީއެވެ. އިން ޝާ ﷲ. މަރުވުމުގެ ކުރިން ދަރިއަކު އުރާލަން ލިބުމަކީ އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވާ ކަމެކެވެ. އެކަމަކުވެސް މިހުންނަނީ ކައިވެނިކުރަން ނުކެރިފައެވެ. މިޙާލަތުގަ ޢަމަލުކުރާނެ ގޮތެއް ވިދާޅުވެދެއްވަފާނަންތޯ؟"

ތިރީގައިވާ ލިޔުމުން ކިޔުންތެރިޔާއަށް ޖަވާބެއް ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.

ސުވާލު: ބައެއް ޙާލަތްތަކުގައި ކުރު މުއްދަތެއްގައި މަރުވާނެ ކަމަށް ޑޮކްޓަރުން ބަލިމީހުންގެ ގާތުގައި އެބަ ބުނެއެވެ. އެހާލަތުގައި އޮތީ ކައިވެނި ނުކޮށް ހުރުންތޯއެވެ؟

ޖަވާބު: ފުރަތަމަ ކަމަކީ އެއްވެސް މީހަކު މަރުވާނެ ދުވަހެއް އެކަކަށްވެސް ނުއެނގޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ! ބަލިން ޝިފާ ނުލިބޭނެ ކަމަށް ޑޮކްޓަރުން ބުނާ އެތައް ބައަކަށް ﷲ ތަޢާލާ ޝިފާ ދެއްވަވައެވެ. އަދި ދާދިއަވަހަށް މަރުވާނެ ކަމަށް ބުނާ ޑޮކްޓަރު މާކުރިން އެބަމަރުވެއެވެ.

ތިބާގެ ކިބައިގައި ބައްޔެއް ހުރިނަމަވެސް ކައިވެނިކޮށްގެން ދިރިއުޅުމުގެ ކުޅަދާނަކަން ތިބާގެ ކިބައިގައި ހުރިނަމަ އަވަހަށް ކައިވެނިކުރާށެވެ! ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތަށް އެދި ދުޢާކުރާށެވެ! އެންމެ ހިނދުކޮޅަކަށްވެސް ﷲ ތަޢާލާގެ ރަޙްމަތުން އުންމީދު ކަނޑައިލުމެއް ނުވެއެވެ. ދެމަފިރިން އެކުގައިކުރާ ދުޢާއަކީވެސް ޝިފާ ދެއްވަވާ ސަބަބެއްކަމުގައިވުމަށް އެދޭށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން