ބިރުވެތިވޭ! ޤިޔާމަތްދުވަހު ސަލާމަތްކަން ނުލިބިދާނެކަމުގެ އިންޒާރު ލިބިފައިވާ މީހުންގެ ތެރޭގައި ހިމެނެން ހެޔޮނުވާނެ!: ޝައިޚް ޢަލީ ހައްމުދާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ބިރުވެތިވޭ! ޤިޔާމަތްދުވަހު ސަލާމަތްކަން ނުލިބިދާނެކަމުގެ އިންޒާރު ލިބިފައިވާ މީހުންގެ ތެރޭގައި ހިމެނެން ހެޔޮނުވާނެ!: ޝައިޚް ޢަލީ ހައްމުދާ

ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ އެއްވެސް ކަމެއް ފައުޅުގައި ކުރަމުން ގެންދާ މީހަކީ ﷲ ތަޢާލާ އާއި ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށްގެން އުޅޭ މީހެކެވެ. އެމީހާގެ ދުލުން ނުބުނި ނަމަވެސް ޢަމަލުތަކުން އެބުނެވެނީ "ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަން ތިމަންނާ މިގެންދަނީ ކުރަމުންނެވެ. ތިމަންނާއަށް ވަނީ ކޮން ކަމެއް ހެއްޔެވެ؟"  

އެއީ ޒިނޭކުރުންކަމުގައިވީނަމަވެސް ހަށިވިއްކުން ނަމަވެސް ބަނގުރާ ބުއިން ނަމަވެސް ބަނގުރަލުގެ ވިޔަފާރިކުރުންނަމަވެސް ރިބާގެ މުޢާމަލާތުކުރުން ނަމަވެސް އަދި ﷲ ތަޢާލާ ނަހީކުރެއްވެވި ކޮންމެ ކަމެއް ކުރުން ނަމަވެސް މެއެވެ. އަޢުރަ ނިވާނުކޮށް އުޅުންވެސްމެއެވެ.  

އަދި ދަންނާށެވެ! އެމީހުން ސިއްރިޔާތުގައި ކުރާ ފާފަތައް ވަންހަނާކުރާ މީހުންނަކީ މުހާޖިރީންނެވެ! އެމީހާއަށް ކުރެވުނު ފާފަ ﷲ ތަޢާލާ މީސްތަކުންނަށް ވަންހަނާ ކުރައްވަވާފައިވަނިކޮށް ކުރެވުނު ފާފައާއިމެދު ފަޚުރުވެރިވެ އަމިއްލައަށް އެކަން މީސްތަކުންނަށް ހާމަކުރުމަކީ އެންމެ ބޮޑު އެއް ފާފައެވެ.  

އެފަދަ މީހުންނަށް ޤިޔާމަތްދުވަހުން ސަލާމަތްކަމެއް ނެތް ކަމުގެ އިންޒާރުގެ ބަސްފުޅުތައް ޙަދީޘްފުޅުތަކުން ފެންނަން އެބަހުއްޓެވެ. ވީމާ ބިރުވެތިވާށެވެ! މުއުމިނުންނަކީ ހެޔޮ ޢަމަލެއް ކުރެވިއްޖެނަމަ އެކަމަސް އުފާކުރާ އަދި ފާފައެއް ކުރެވިއްޖެނަމަ އެކަމަށް ދެރަވެ ހިތާމަކޮށް ތައުބާވުމަށް އަވަސްވެގަންނަ ބައެކެވެ.  

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން