އިސްތިޣްފާރު ކުރުމުން ޙާޞިލު ނުކުރެވޭނެ ކަމެއް ނެތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 19ސ
އިސްތިޣްފާރު ކުރުމުން ޙާޞިލު ނުކުރެވޭނެ ކަމެއް ނެތް-

ޢާއިޝަތު ރަފާޙް ޢަލީ 

 

އިސްތިޣްފާރު ކުރުމުގެ މާނައަކީ ދުލާއި ހިތުން، ތިމާގެ އިހުމާލާއި ނުކިޔަމަންތެރިކަމުން މާތްރަސްކަލާނގެ ޙަޟްރަތުން މާފު ހޯދުމެވެ. ފާފަ ފުއްސަވައިދެއްވެވުމަށް އެދުމެވެ. 

އިސްތިޣްފާރުކުރުމުން ލިބޭ ބައެއް ފައިދާތައް: 

·      ފާފަތައް ފުއްސަވައިދެއްވާނެ 

ނިސާ ސޫރަތުގެ 106 ވަނަ އާޔަތް:

وَٱسْتَغْفِرِ ٱللَّهَ ۖ إِنَّ ٱللَّهَ كَانَ غَفُورًا رَّحِيمًا ﴿١٠٦﴾‏ 

މާނައީ: "އަދި، ފާފަފުއްސެވުން އެދި، اللَّه ގެ حضرة އަށް ކަލޭގެފާނު ދަންނަވާށެވެ! ހަމަކަށަވަރުން، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. (106)" 

·      މާތް ﷲ ގެ ޢަޛާބުތަކުން ރައްކާތެރިވުން 

އަންފާލު ސޫރަތުގެ 33 ވަނަ އާޔަތް: 

وَمَا كَانَ ٱللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ ﴿٣٣﴾‏

މާނައީ: އަދި އެއުރެން استغفار ކޮށްކޮށް ތިއްބައި، اللَّه، އެއުރެންނަކަށް عذاب އެއް ނުދެއްވާނެތެވެ. (33) 

·      ﷲ ގެ ރަހްމަތް ލިބިގެންދާނެ: 

ނޫހް ސޫރަތުގެ 10 އިން 12 ވަނަ އާޔަތައް: 

فَقُلْتُ ٱسْتَغْفِرُوا۟ رَبَّكُمْ إِنَّهُۥ كَانَ غَفَّارًا ﴿١٠﴾‏ يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًا ﴿١١﴾‏ وَيُمْدِدْكُم بِأَمْوَٰلٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّٰتٍ وَيَجْعَل لَّكُمْ أَنْهَٰرًا ﴿١٢﴾‏ 

މާނައީ: "ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ. (10) (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. (11) އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ. (12)" 

ނަމްލު ސޫރަތުގެ 46 ވަނަ އާޔަތް 

قَالَ يَٰقَوْمِ لِمَ تَسْتَعْجِلُونَ بِٱلسَّيِّئَةِ قَبْلَ ٱلْحَسَنَةِ ۖ لَوْلَا تَسْتَغْفِرُونَ ٱللَّهَ لَعَلَّكُمْ تُرْحَمُونَ ﴿٤٦﴾‏ 

މާނައީ: "އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން ރަނގަޅުގޮތުގެ ކުރިން، ނުބައިގޮތް އަވަސްވުމަށް ތިޔައެދެނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައި ތިޔަބައިމީހުން ފާފަފުއްސެވުންއެދި، اللَّه އަށް دعاء ނުކުރާނޫހެއްޔެވެ؟ (46)" 

·      ކަންބޮޑުވުމާއި ވިސްނަންޖެހޭ ކަންކަމުން ލުއި ލިބުން: 

ރަސޫލާގެ ޙަދީޘެއްގައިވެއެވެ. 

منْ لَزِم الاسْتِغْفَار، جَعَلَ اللَّه لَهُ مِنْ كُلِّ ضِيقٍ مخْرجًا، ومنْ كُلِّ هَمٍّ فَرجًا، وَرَزَقَهُ مِنْ حيْثُ لاَ يَحْتَسِبُ 

މާނައީ: ގިނަގިނައިން އިސްތިޣްފާރު ކުރާ މީހާ އަށް ކޮންމެ ހާސްކަމަކުން ލުޔެއް ލިބޭ ކޮންމެ އުނދަގުލަކުން ސަލާމަތްވާނެ މަގެއް އެބައިމީހުންނަށް މާތް الله ކަނޑައަޅުއްވާނެއެވެ. އަދި އެމީހުންނަށް ތަޞައްވުރު ނުކުރެވޭ ގޮތަށް އެމީހުންނަށް ރިޒްޤް ދެއްވާނެއެވެ.

މިއަދު އޮންލައިން